Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިޓް އެލާޓް

ދެކުނުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 ޖުލައި 2017 | ހުކުރު 03:30
ވައިޓް އެލާޓް ނެރެފި

ވައިޓް އެލާޓް ނެރެފި

ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަކުރަމުންދާތީ ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހު ހެނދުނު އައްޑޫ ސިޓީއަށް އެއްގަޑިއިރުގެ ތެރޭގައި 73 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި މޫސުމް ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރުވެސް އަދިވެސް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނުގެ ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ ހުކުރު ދުވަހު 1:30އާ ހަމައަށް ކަމަށާއި އެހެން ނަމަވެސް މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭ ނަމަ ޔެލޯ އެލާރޓް ނެރޭނެ ކަމަށް މީޓިން ވަނީ ބުނެފައެވެ.

ޔެލޯ އެލާޓަކީ ފެން ބޮޑުވެދާނެ ކަމަށް ދެވޭ އިންޒާރެއް ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ކޮންމެވެސް ވަރަކަށް މޫސުމް ގޯސްވާނެ ކަމަށާއި އެގޮތުން މާލެ ސަރަހައްދަށް މެންދުރު ފަހު ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުންޏެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 7 މޭލާއި 14 މޭލާއި ދެމެދުގައި ކަމަށާއި ވިލާ ގަނޑުގައި 35 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު