Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބީ މާހައުލުގެ އަމާންކަން ދެމެހެއްޓުން

އިންތިޚާބީ މާހައުލުގެ އަމާންކަން ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަންކަން ނުކުރުމަށް އީސީން އިލްތިމާސްކޮށްފި

އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ކުރުމުގެ ހައްގަށް ހުރަސްއަޅައި ފުރައްސާރަ ކުރުމަކީ އިންތިޚާބީ ކުށެއް

އަމްނާ އިމާދު
އަމްނާ އިމާދު | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:38
އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގެ ތެރެއިން

އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގެ ތެރެއިން

އިންތިޚާބީ މާހައުލުގެ އަމާންކަން ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަންކަން ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގާނޫނުއަސާސީ އިން ލިބިދީފައިވާ ކެންޕޭން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ކުރުމުގެ ހައްގަށް ހުރަސްއަޅައި ފުރައްސާރަ ކުރުމަކީ، އިންތިޚާބީ ކުށެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރު ބޭއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާ ކަމަށެވެ. އަދި އިންތިޚާބީ މާހައުލުގެ އަމާންކަން ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަންކަން ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ނުކުރުމަށް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މާލޭގެ އިތުރުން އަތޮޅުތެރޭގައި ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަންކަން ދަނީ ހިނގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އާދިއްތަ ދުވަހު ހިޔާ ޓަވަރުތަކުގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގަވަމުން ދަނިކޮށް، ދެ ފިރިހެނަކު އެކަމަނާއަށް ފުރައްސާރަކޮށް ހަޑިހުތުރު އެއްޗެހި ކިޔައި މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އާދިއްތަ ދުވަހު އެމީހާ ވަނީ ދޫކޮށްލާފައެވެ.

އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު