Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ދެ ދުވަހުގެ ތެރޭގައި ރީ ރަޖިސްޓްރީ ކުރަން 25،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

އޮންލައިންކޮށް 18،349 ފޯމު ހުށަހެޅި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 02:47
2023 ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން

2023 ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން

މި މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު އާދީއްތަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި ޖުމްލަ 25،493 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ހުކުރު ދުވަހު 9،206 ފޯމު ހުށަހަޅާފައިވާއިރު ހޮނިހިރު ދުވަހު 16،287 ފޯމު ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް ރީ ރަޖިސްޓްރީވުމަށް އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 18،349 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ހުކުރު ދުވަހު 7،267 ފޯމު އޮންލައިންކޮށް ހުށަހަޅާފައިވާއިރު ހޮނިހިރު ދުވަހު 11،082 ފޯމު ހުށަހެޅި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10،271 މީހުން ރީ ރަޖިސްޓްރީ ކުރެވިފައިވާއިރު އެކި ސަބަބުތަކާހުރެ 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ. ފޯމުތައް އީސީން ރިޖެކްޓް ކުރަނީ ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަނުވުމުންނެވެ.

އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބިގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައާ މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސުންގަޑީގެ ކުރިން ފޯމު ހުށަނާޅައިފިނަމަ ދެން އެފުރުސަތު ލިބުމަކީ ނާދިރު ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އެހެންވެ، ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާތަން ޗެކް ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ފަރާތްތަކެވެ.

އީސީން ވަނީ މި އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭ ގޮތަށް ޕޯޓަލެއް ހަދައިފައެވެ. މި ޕޯޓަލުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށް ވެސް ފޯމު ހުށަހެޅޭނެއެވެ. މާލޭގައިނަމަ ފޯމު ހުށަހަޅަން ޖެހޭނީ ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒަށެވެ.

ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހެޅުމަށާއި ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށް އީސީން ހަދާންކޮށްދެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282,395 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

2023 ރިޔާސީ އިންތިޚާބުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު