Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ފުޓްބޯޅަ

ސްޕޭން ކުޅުންތެރިން އިތުރު ޑިމާންޑްތަކަކާއެކު އިހުތިޖާޖު ކުރަނީ

16 ސެޕްޓެމްބަރު 2023 | ހޮނިހިރު 03:17

ކުޅުންތެރިން ދަނީ އިތުރު 5 ކަމަކަށް ޑިމާންޑްކުރަމުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 03:17
ސްޕޭން ޓީމުގެ ބައެއް ކުޅުންތެރިން

ސްޕޭން ޓީމުގެ ބައެއް ކުޅުންތެރިން

ސްޕޭނުގެ ގައުމީ އަންހެން ފުޓްބޯޅަ ކުޅުންތެރިން އިތުރު ޑިމާންޑްތަކަކާއެކު އިހުތިޖާޖު ދިގުދަންމާލަން ނިންމައިފިއެވެ.

ސްޕޭން ކުޅުންތެރިން މީގެ ކުރިން ޑިމާންޑްކުރަމުން ދިޔައީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް އިސްތިއުފާދިނުމަށެވެ. އެއީ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި، އަންހެން ކުޅުންތެރިއެއް ކަމަށްވާ ހާމޯސޯގެ ތުންފަތަށް ބޮސްދިން މައްސަލާގައެވެ. މައްސަލަގަނޑަކަށްފަހު އޭނާ އިސްތިއުފާދިންއިރު ކޯޗު ޖޯޖް ވިލްދާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ މުބާރާޓުގެ ކުރިންވެސް ބައެއް ކުޅުންތެރންނަށް ޖިންސ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކޯޗުގެ ބޮލުގައި އެޅިފައި އޮތުމުންނެވެ.

ކުޅުންތެރިން މިހާރު ޑިމާންޑްކުރަނީ ފަސް ކަމަކަށެވެ. އެއީ:

1. ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮނިގަނޑު އަލުން އެކުލަވާލުން

2. ރުބިއަލެސް އިސްތިއުފާދިނުމުން، ވަގުތީގޮތުން ހަވާލުވެހުރި ރައީސް އިސްތިއުފާދިނުން

3. އަންހެނުންގެ ފުޓްބޯޅައަށް ވަކި އިދާރާއެއް ހަމަޖެއްސުން. ވަކި ޖެނެރަލް ސެކްރެޓަރީއަކާއި ޕްރެޒިޑެންޝަލް ކެބިނެޓެއް ހަމަޖެއްސުން

4. އައު މީޑިއާ ޑިޕާޓްމަންޓެއް އުފެއްދުން

5. ކުޅުންތެރންގެ ކަރާމާތް ހިފެހެއްޓުމަށް އައު ވިސްނުންތަކެއް ހުށަހެޅުން

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ކަންކަން ސުލްހަވެރިކަމާއެކު ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދާކަމަށެވެ. ކުޅުންތެރިން ތިބީ މިކަންކަން ހަމަނުޖައްސަނީސް އަލުން ގައުމީ ޓީމަށް ނުދާން ނިންމައިގެންނެވެ ވޯލްޑްކަޕް ކާމިޔާބުކުރި ސްކޮޑުގެ 23 ކުޅުންތެރިންގެ ތެރެއިން 21 ކުޅުންތެރިން ވަނީ އިހުތިޖާޖު ބަޔާނުގައި ސޮއިކޮށްފައެވެ.

ރުބިއަލެސްގެ މައްސަލަ ސްޕޭނުގެ ކޯޓުންނާއ ފީފާއިން ދަނީ ބަލަމުންނެވެ. އިއްޔެ އޮތް ކޯޓު އަޑުއެހުމުގައި ރުބިއަލެސްއަށް ވަނީ ހާމޯސޯއާ 500 މީޓަރަށް ގާތްނުވުމަށް އަމުރުކޮށްފައެވެ. ނަހަމަގޮތެއްގައި ހާމޯސޯއަށް ބޮސްދިންކަމަށް ސާބިތުވެއްޖެނަމަ އޭނާއަށް ޖޫރިމަނާއެއް، ނުވަތަ 1 އަހަރާ 4 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން މި މައްސަލާގައި ފީފާއިން ވަނީ އޭނާ ވަގުތީގޮތުން 90 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

އަންހެނުންގެ ފުޓްބޯޅަސްޕެއިން ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
29 ޖެނުއަރީ 2025

ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި

29 ޖެނުއަރީ 2025
ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
29 އޮކްޓޯބަރު 2024

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ

29 އޮކްޓޯބަރު 2024
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
09 އޮކްޓޯބަރު 2024

ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

09 އޮކްޓޯބަރު 2024
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް