Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައްހަ އަދި ބާތިލް ވޯޓް

ސައްހަ ވޯޓް ބާތިލްކުރި ކަމުގެ ޝަކުވާ ލިބުނު، އެކަމަކު ނަތީޖާއަށް އަސަރުކުރާ ވަރުގެ ޝަކުވާއެއް ނެތް: އީސީ

ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރީ ބިއުރޯއިން ޔަގީންކަން ދިނުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 13:58
ރިޔާސީ އިންތިޚާބުގެ ވޯޓް ގުނުމުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ވޯޓް ގުނުމުގެ ތެރެއިން

ސައްހަ ވޯޓް ބާތިލްކުރި ކަމުގެ ޝަކުވާ ލިބުނު ކަމަށާއި، އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާވަރުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ސައްހަ ވޯޓް ބާތިލްކުރި ކަމުގެ ބައެއް ޝަކުވާތައް ލިބުނުނަމަވެސް އިންތިޚާބު ބާތިލުކުރާވަރުގެ ޝަކުވާއެއް ލިބިފައި ނެތްކަމަށް ކޮމްޕްލައިންޓްސް ބިއުރޯއިން ޔަޤީންކަން ދިން ކަމަށެވެ. އަދި ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރީ ބިއުރޯއިން ޔަގީންކަން ދިނުމުން ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ސައްހަ ވޯޓް ބާތިލްކުރި ކަމަށް ބުނެ މީހަކު ފޮޓޯއެއް ފޮނުވި ކަމަށެވެ. އެ ފޮޓޯއަށް ބެލުމުން ފާހަގާގައި ފަވާފައި ހުރި ކަމަށެވެ. ދެވަނަ ބުރުގައި ވެސް ވޯޓްލާއިރު ރަނގަޅު ފާހަގަ ޖެހުމަށްފަހު އިތުރުކަންކަން ނުކުރަން އާންމުން ސަމާލުކަން ދޭން ޖެހޭ ކަމަށާއި، ތަފާތު ގޮތަކަށް ގޮތް ނިންމުމަށް އޮފިޝަލުންނަށް އީސީން ތަމްރީނު ދީފައި ނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ، އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށާއި، ސައްހަ ވޯޓުވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށް ވިދާޅުވެފައެވެ.

ހަބީބް ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ގޮތުން ދައްކާ ވާހަކަތަކަށް ކޮމިޝަންގެ މެމްބަރުން ރައްދު ދޭން ބޭނުންނުވާ ކަމަށެވެ. މިވަގުތު ކޮމިޝަނަށް މުހިންމު ގާނޫނީ ޒިންމާއެއް މަތިކުރެވިފައި އެބައޮތްކަން ފާހަގަކުރައްވައި ހަބީބް ވިދާޅުވީ، އެއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުން ކަމަށެވެ.

ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އީސީގެ މެމްބަރުންނާ ގުޅޭގޮތުން ވާހަކަތައް ދައްކާ ކަމަށާއި ހަގީގަތާ ޚިލާފު ވާހަކަތަކަށް ރައްދު ދިނުމަށް ވަގުތު ނެތްކަމަށް ހަބީބް ވިދާޅުވިއެވެ.

ތަޖުރިބާއަށް ބެލުމަށްފަހު، ހުރިހާ ތަނެއްގައި ތިބި އޮފިޝަލުންނަށް ތަމްރީނު ދިނުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށާއި، އެގޮތުން ސައްހަ އަދި ބާތިލް ވޯޓް ކަނޑައެޅުމާއި، ވޯޓްލާން އަންނަ މީހާއަށް އެހީތެރިކަން ދެވިދާނެ ހާލަތްތަކާއި، ކިޔޫގައި މީހުންނަށް ނުޖެހި ވޯޓް ލެވޭނެ އަވަސް ގޮތްތަކެއް ކަނޑައެޅުމަށް އޮފިޝަލުންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ސައްހަ ވޯޓް އަދި ބާތިލް ވޯޓް ކަނޑައެޅުމުގައި ކޮމިޝަނުން އޮފިޝަލުންނަށް ތަފާތު ގޮތަކަށް އިރުޝާދު ދީފައި ނުވާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންއިސްމާއީލް ހަބީބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު