Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުން

އައިކެއަރއިން އ.ދ މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފި

އައިކެއަރ އާއި މަންދޫ ރަށު ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2023 | އަންގާރަ 10:07
އައިކެއަރއިން އ.ދ މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން

އައިކެއަރއިން އ.ދ މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން

އައިކެއަރގެ އިޖުތިމާއީ ޒިންމާގެ ދަށުން އ.ދ މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ސެޕްޓެމްބަރު 1، ގައި މި މަޝްރޫއު އިފްތިތާހު ކޮށްފިއެވެ.

30 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ ސަބަބުން މަންދޫގައި ދިރިއުޅޭ 502 މީހުންގެ އާބާދީއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އައިކެއަރއިން ގަބޫލުކުރެއެވެ.

އައިކެއަރ އާއި މަންދޫ ރަށު ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން 2018 ވަނަ އަހަރު މަސައްކަތް ފަށާ ކާމިޔާބުކަމާއެކު ނިންމުމަށްފަހު އައިކެއަރއިންވަނީ ރަށު ކައުންސިލާއި ހަވާލުކޮށްފައެވެ. އެއަށްފަހު މިރަސްމިއްޔާތުގައި ރަށު ކައުންސިލުންވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން ސާފުބޯފެން އުފައްދާ 2 ރިވާސް އޮސްމޯސިސް ޕްލާންޓް ބަހައްޓާފައިވެއެވެ. އަދި 74 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ސްޓޯރޭޖް ޓޭންކް ވެސް ރަށުގައި ބަހައްޓާފައިވެއެވެ. މީގެ އެހީގައި މަންދޫގެ ރަށްވެހިންނަށް މެދުކެނޑުމެއްނެތި ސާފު ބޯފެން ލިބޭނެ މަގު ކަށަވަރު ވެގެންދާނެއެވެ.

މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދް ޝަރީފް ވަނީ މުޖުތަމައުގެ ތަރައްގީގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާ އައިކެއަރ އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެގޮތުން ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ލިބެން ހުރި ވަސީލަތްތަކުން ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫތައް ނުހިންގުނު ކަމުގައިވީނަމަވެސް އަމިއްލަ ފަރާތްތަކުން ވީވަރަކުން މުޖުތަމައުގެ ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދޮރު ވަނީ ހުޅުވިފައިކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިކެއަރގެ މެނޭޖިން ޑިރެކްޓަރ ޑރ.އަބްދުالله ޒާހިރު ވިދާޅުވެފައިވަނީ މިއީ މަންދޫއަށް ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި މިމަޝްރޫގެ ސަބަބުން ނުސާފު ފެނުގެ ޒަރީއާއިން ރަށުގެ ރައްޔިތުންނަށް ދިމާވާ ސިއްހީ މައްސަލަތައް 70 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށެވެ. މިމަޝްރޫ ފުރިހަމަކުރެވިފައިވަނީ ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންގެ އެހީއާއި އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވައި، އެފަރާތްތަކަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރެއްވިއެވެ.

އަތޮޅުތެރޭގެ ތަރައްގީއަށް އެހެނިހެން ގިނަ ހިދުމަތްތަކެއްވެސް އައިކެއަރގެ އިޖުތިމާއީ ޒިންމާގެ ދަށުންވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މަންދޫގައި ޒުވާނުންގެ މަރުކަޒަކާއި ޒަމާނީ ފެންވަރުގެ ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން އައިކެއަރއިން އޮޕަރޭޓުކުރަމުންދާ ފިޔަވަޅު ރިސޯޓު މޯލްޑިވްސް އިން މަންދޫއަށް ދަތުރުފަތުރުގެ ހިދުމަތްވެސް ދެމުންގެންދެއެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ހިދުމަތްކޮށްދިނުމުގެ މުހިންމުކަމާއި މިފަދަ ޕްރޮޖެކްޓް ތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ފާހަގަކުރައްވައި ޑރ.އަބްދުالله ޒާހިރު ވަނީ މުސްތަގުބަލުގައިވެސް މަންދޫގެ ތަރައްގީއަށް މަންދޫގެ ރައްޔިތުންނާއި އެކު ގާތުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އދ. މަންދޫ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
12 ޖެނުއަރީ 2023

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!
19 ޑިސެމްބަރު 2021

މަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

19 ޑިސެމްބަރު 2021
މަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު