Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގެންގުޅެނީ ކުލުނުވެރި އެޕްރޯޗެއް: ރައީސް އޮފީސް

އަމާޒަކީ މަސްތުވާތަކެއްޗަށް ހުށަހެޅޭ މީހުންނަކީ އަނބުރާ މުޖުތަމައަށް އަންނައިރު ގަދަރުވެރިކަމާއެކު ދިރިއުޅެވޭނެ މަގުފަހިވެފައިވާ ބަޔަކަށް ހެދުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 02:28
ޑރ. އައިޝަތު ޝަފީނާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ޑރ. އައިޝަތު ޝަފީނާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ގެންގުޅެނީ ކުލުނުވެރި އެޕްރޯޗެއް ކަމަށް ރައީސް އޮފީހުގެ ސީނިއަރ ސޯޝަލް ޕޮލިސީ އެނަލިސްޓް ޑރ. އައިޝަތު ޝަފީނާ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ޑރ. ޝަފީނާ ވިދާޅުވީ މި ސަރުކާރު އައުމަށްފަހު މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްފަހު ތަފާތު އެޕްރޯޗެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަސްތުވާތަކެއްޗަށް ހުށަހެޅޭ މީހުން ފަރުވާ ހޯދަން ބޭނުންވާއިރު އެ މީހަކު ހުރި ހިސާބަކުން އެ ފަރުވާ ލިބެން ޖެހޭ ކަމަށާއި އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ހަތަރު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށްފައިވާއިރު އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރަކާއި ސިއްހީ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޑރ. ޝަފީނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެއްޗަށް ހުށަހެޅޭ މީހުންނަކީ އަނބުރާ މުޖުތަމައަށް އަންނައިރު ގަދަރުވެރިކަމާއެކު ދިރިއުޅެވޭނެ މަގުފަހިވެފައިވާ ބަޔަކަށް ހެދުން ކަމަށެވެ. މިކަމަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށާއި މަސްތުވާތަކެއްޗަށް ޖުމްލަ ހައްލެއް ހޯދަން ޅައުމުރުގައި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ސަބަބުތައް ނައްތާލުން މުހިންމު ކަމަށް ވިދާޅުވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ މެނިފެސްޓޯގައި މިކަން ހައްލު ކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އުފެއްދުމަށް ހުށަހަޅާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕޮލިސީތައް ވަރުގަދަކޮށް، ކުށުގެ ވެއްޓަށް ފާރަވެރިވުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭކަމަށް ވެސް ޑރ. ޝަފީނާ ވިދާޅުވިއެވެ.

ޑރ. ޝަފީނާ އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗަށް ހުށަހެޅޭ ފަރާތްތަކަށް ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން، އެފަދަ ފަރާތްތައް ފަރުވާއަށްފަހު އަނބުރާ މުޖުތަމައަށް އަންނައިރު މުޖުތަމައު ވެސް އެ މީހާ ބަލައިގަންނަ ވަރުގެ މީހަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރިލެޕްސްވުން ނުވަތަ ފަރުވާއަށްފަހު ވެސް މަސްތުވާތަކެއްޗަށް ހުށަހެޅޭ ފަރާތްތައް ތިބިކަން ފާހަގަކުރައްވައި ޑރ. ޝަފީނާ ވިދާޅުވީ އެކަން މަދުކުރެވޭނީ ވަށައިޖެހޭ ރިހެބިލިޓޭޝަން ނިޒާމެއް ގާއިމުކޮށްގެން ކަމަށެވެ. މިކަމަށް ހެލްތު ސެންޓަރުތައް މެދުވެރިކޮށް ދޭ ފަރުވާތައް ފުޅާކުރުމާއި ޕްރައިވެޓް ސެކްޓަރަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ހުޅުވާލުމާއި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިކަވަރީ ވިލެޖު ގާއިމް ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރިކަވަރީ ވިލެޖު ވެގެންދާނީ ދިގު މުއްދަތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ތައުލީމާއި ތަމްރީން ޕްރޮގްރާމުތަކާއެކު ފަރުވާ ފޯރުކޮށްދޭ ތަނަކަށް ކަމުގައި ވެސް ޑރ. ޝަފީނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު