Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަންގްރިއްލާ ހިންގުން

ރައީސްގެ ވައުދާއި އެއްގޮތަށް، ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި

އެ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 ޕަސަންޓު އޮވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޯގަސްޓު 2023 | ހޯމަ 13:49
އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި

އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި

އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު ރައީސް ވަނީ އެތަނުގެ ހިއްސާ ދޫކޮށްލުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލު ގެނެސްފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޝަންގްރިއްލާ ހިންގުމަށް ދިމާވެފައިވާ ހުރަސްތައް ނައްތަލާވެއްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ރިސޯޓުގައި އޮތް ސަރުކާރު ހިއްސާ ދޫކޮށްލައި، މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައި ވާނެކަމަށާއި އެއާއެކު ޝަންގްރިއްލާ އަލުން ހިންގަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ ސަރުކާރުގައި އޮތް އިރު ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲއެވެ.

އެކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޝަންގްރިލާ އިން ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާ ޝަންގްރިއްލާ ހިންގުމަށް ބޭނުންވާ އިދާރީ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަންގްރިލާގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށެވެ. އަދި ޝަންރިއްލާ ހުޅުވަން ޕާޓްނަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަންގްރިއްލާ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2024

"ޝަންގްރިއްލާ ހުޅުވަން ގާނޫނީ ހުރަހެއް ނެތް، މިނިސްޓަރު މަޖިލީހުގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް"

23 އޮކްޓޯބަރު 2024
"ޝަންގްރިއްލާ ހުޅުވަން ގާނޫނީ ހުރަހެއް ނެތް، މިނިސްޓަރު މަޖިލީހުގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް"
03 ޖޫން 2023

ޝަންގްރިއްލާ ހިންގަން ހުރި ހުރިހާ ހުރަހެއް ނައްތާލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް - ރައީސް

03 ޖޫން 2023
ޝަންގްރިއްލާ ހިންގަން ހުރި ހުރިހާ ހުރަހެއް ނައްތާލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް - ރައީސް
25 ޖުލައި 2022

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ފަށައިފި

25 ޖުލައި 2022
ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ފަށައިފި
05 ޖޫން 2022

ޝަންގްރިއްލާ ބަންދުކުރުމުން އަސްލު ގެއްލުންވީ އައްޑޫ ރައްޔިތުންނަށް: މިނިސްޓަރު މައުސޫމް

05 ޖޫން 2022
ޝަންގްރިއްލާ ބަންދުކުރުމުން އަސްލު ގެއްލުންވީ އައްޑޫ ރައްޔިތުންނަށް: މިނިސްޓަރު މައުސޫމް
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު