Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަންގްރިއްލާގެ ތަރައްގީ

ޝަންގްރިއްލާ ހިންގަން ހުރި ހުރިހާ ހުރަހެއް ނައްތާލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް - ރައީސް

ހިއްސާގެ ލިޔުން ޝަންގްރިއްލާއާ ވާނީ ހަވާލުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2023 | ހޮނިހިރު 13:25
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވައި، ރައީސް ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވައި، ރައީސް ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓް ހިންގަން ހުރި ހުރިހައި ހުރަހެއް ނައްތަވައިލެއްވުމަށް އެމަނިކުފާނު އެ ހުންނެވީ ތައްޔާރަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީގެ ޝަންގްރިއްލާ ހިންގަން ހުރި ހުރިހައި ހުރަހެއް ނައްތަވައިލެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި، އެ ރިސޯޓުގައި އޮތް ސަރުކާރު ހިއްސާ ދޫކޮށްލައި، މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައި ވާނެކަމަށެވެ. އަދި އެއާއެކު ޝަންގްރިއްލާ އަލުން ހިންގަން ފެށޭނެކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއަކީ އިންޓަގްރޭޓެޑް ރިސޯޓް، ހޮޓާ، ގެސްޓް ހައުސް, އަދި ވޯޓަރ ވިލާ ހިމެނޭހެން، ވަށައިޖެހޭ މަސައްކަތެއް ކަމަށެވެ. މިހާރު އެ މަސައްކަތް ވަނީ ފެށުމުގެ މަރުހަލާގައި ކަމަށާއި، މުޅި މަޝްރޫއު ކުރިއަށް އޮތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯދުމަށް އައްޑޫގެ ރައްޔިތުން ނުކުމެވަޑައިގަތީ އައްޑޫ ސިޓީއަށް އައިސްފައިވާ ޕްރޮޖެކްޓް ހޯދުމުގެ ބޭނުމުގައި ކަމަަށެވެ. އެކަން މިއަދު އެދަނީ ހާސިލްވަމުން ކަމަށާއި، މިހާރު ހިންގަމުންދާ، މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ޑިޒައިން ވެގެން ކުރިއަށް ދަނީ ހަންކެޑެ ނިމޭއިރު އެތަނުގައި ހިމެނޭ ފުރިހަމަ ޕްލޭނާ އެއްގޮތަށްކަމަށެވެ.

ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެނިހެން ރަށްތަކާއެކު 2682 އެނދު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު ޖުމްލަ 7000 ޓުއަރިސްޓް އެނދު އައްޑޫ ސިޓީގައި ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަންގްރިއްލާއައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު