Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެމްޕެއިނަށް ހުރަސް އެޅުން

އެއްވެސް ފަރާތަކުން ކެމްޕޭނަކަށް ހުރަސްއަޅައި، އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިމްރާން

އިމްރާން މިމޭރުމުން ވިދާޅުވެފައިވަނީ، ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމް ސަޕޯޓަރުން މެދުގައި ހަމަނުޖެހުން ހިނގުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2023 | ހޮނިހިރު 15:22
ކ. ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުން

ކ. ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުން

އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ, ކެމްޕޭނަކަށް ހުރަސްއަޅައި، އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ދަތުރުފުޅެއްގައި ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް އެރަށުގައި އެމްޑީޕީއާއި ޕީޕީއެމް މެމްބަރުންގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް ހިންގާފައި ވަނިކޮށެވެ.

މި ހަމަނުޖެހުމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެމްޕޭނު ކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ، ކެމްޕޭނަކަށް ހުރަސްއަޅައި، އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަމުން ދުރުވެ ތިބުމަށް ގޮވާލައްވާފައި ވެއެވެ.

ގުރައިދޫގައި ހަމަނުޖެހުން ހިނގާފައިވަނީ، މުއިއްޒު ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީއަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒުއަށް މަރުހަބާ ދަންނަވަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވިއެވެ. ހަމަނުޖެހުމުގެ ވީޑިއޯތައް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު، ބަހުގެ ހަމަލާތަކަށްފަހު ވަކި ހިސާބަކުން އެއް ބަޔަކު ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ. އެ ތަޅާފޮޅުމުގައި، އެމްޑީޕީއާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅާލިއެވެ.

މި ހަމަނުޖެހުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ހަމަނުޖެހުން ކޮންޓްރޯލްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް އުމުރުން 22 އަހަރުގެ ޒުވާނަކު ގެންގޮސްފައި ވާކަމަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު