Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބްރިޓްނީ ސްޕިއާސް ވަރިވުން

ބްރިޓްނީ ސްޕިއާސް އާއި ސޭމް އަސްގަރީ ވަރިވަނީތަ؟

ސޭމް އަދި ބްރިޓްނީ ވެސް އެމީހުންގެ "ވެޑިންގ-ރިންގ" ނެތި ވަރަށް ފަހުން ފެނިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 އޯގަސްޓު 2023 | ހުކުރު 06:56
ބްރިޓްނީ ސްޕިއާސް އަދި ފިރިމީހާ ސޭމް އަސްގަރީ

ބްރިޓްނީ ސްޕިއާސް އަދި ފިރިމީހާ ސޭމް އަސްގަރީ

މަޝްހޫރު ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕިއާސް އާއި ފިރިމީހާ ސޭމް އަސްގަރީ ކައިވެނި ކުރިތާ 14 މަސް ފަހުން ވަރިވާން އުޅޭ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި ދެމީހުން ފުރަތަމަ ބައްދަލުވެފައިވަނީ 2016 ވަނަ އަހަރު ބްރިޓްނީ އުފެއްދި މިއުޒިކް ވީޑިއޯއެއްގެ ސެޓްގެ ތެރެއިން ކަމަށް ވެއެވެ. އެއަށް ފަހު ސެޕްޓެމްބަރު 2021ގައި އަސްގަރީ، ބްރިޓްނީ އަށް ކައިވެނި ހުށަހެޅިއެވެ. އަދި އެ ދެމީހުން ކައިވެނި ކޮށްފައިވަނީ މަދު ރަހުމަތްތެރިން ކޮޅަކާއެކު ކެލިފޯނިޔާގައި ހުންނަ ބްރިޓްނީގެ އަމިއްލަ ގޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޖޫން 2022ގަ އެވެ.

އުމުރުން 41 އަހަރުގެ ބްރިޓްނީގެ ބައްޕަ ކުރިމަތިކުރުވި ގާނޫނީ ބޮޑެތި މައްސަލަތަކަކާ ގުޅިގެން ބްރިޓްނީ އަށް ނަފްސާނީ ގޮތުން އަސްގަރީ ވަރަށް ބޮޑަށް ހިތްވަރުދީ އެހީތެރިވެދިންކަމަށް ވެއެވެ.

މިހާރު އެމެރިކާގެ ޓެބްލޮއިޑްތަކުގައިވަނީ މި ދެމީހުންގެ ވަރީގެ ޚަބަރުތަކެވެ. ނޫސްތައް ބުނާ ގޮތުން ފުރަތަމަ ވަރިވާން ހުށަހެޅީ އަސްގަރީ އެވެ.

މި ދެމީހުން ވެސް އަދި މިކަމާބެހޭގޮތުން ސީދާ އެއްޗެއް ބުނެފައިނުވިނަމަވެސް، އުމުރުން 29 އަހަރުގެ އިރާނަށް އުފަން އެމެރިކާގެ މޮޑެލް އަދި ފިޓްނަސް ޓްރެއިނަރ ސޭމް އަސްގަރީ އަދި ބްރިޓްނީ ވެސް އެމީހުންގެ "ވެޑިންގ-ރިންގ" ނެތި ވަރަށް ފަހުން ފެނިފައިވެއެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ބްރިޓްނީ ވެސް އެންމެ ފަހުން ކުރި ޕޯސްޓްގައި ވެސް ވަރީގެ ވާހަކަ ބުނެފައެއް ނުވެއެވެ. އެ ޕޯސްޓްގައި އޭނާ ދައްކާފައިވަނީ އަހެއް ގަންނަ ވާހަކައެވެ.

ބްރިޓްނީ ސްޕިއާސް ކުރިން ދެ ކައިވެންޏެއްކޮށް އެއް ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ. އޭނާ މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ހަޔާތުގެ ވާހަކަ، ފޮތެއްގެ ސިފައިގައި އަންނަ އޮކްޓޯބަރު މަހު ނެރުމަށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު