Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާތިރު މަރާލި މައްސަލަ

ފާތިރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ ފަރާތުން މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

17 އޯގަސްޓު 2023 | ބުރާސްފަތި 05:55

މި މައްސަލަ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތާއި ދިފާއުންވެސް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2023 | ބުރާސްފަތި 05:55
ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ

ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ

ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ފާތިރުގެ މަރާ ގުޅިގެން އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

އޭނާ ފެނުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި ލޯންޗެއްގައި ހުއްޓައެވެ.

އޭރު މަރުގެ ކޮމިޝަނުންވެސް އޮތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

ގާޒީ ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބު ދެފަރާތުން ސާފު ކުރައްވާފައެވެ.

މި މައްސަލައިގައި އިބްތިދާއީ މަރުޙަލާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައި، ދެން އޮތީ އެ ހުށައެޅުންތަކަށް ގޮތް ނިންމުމެވެ.

ވުމާއެކު، ގާޒީ ވަނީ އެހިސާބުން މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އަދި ވީހާވެސް އަވަހަށް މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލަ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތާއި ދިފާއުންވެސް އެދިފައިވެއެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ އިރުފާން ބުނީ، އޭނާ މި މައްސަލައިގެ ކޮންޓިނިއަސް ހިއަރިންގ ގެ ތާވަލެއް ބޭނުންވާ ކަމަށެވެ. މި މައްސަލަ ލަސްވެފައިވާކަމުގެ ކަންބޮޑުވުން އޭނާ ވަނީ ޝަރީއަތަށް ހިއްސާކޮށްފައެވެ.

ގާޒީ ވިދާޅުވީ، ސެޕްޓެމްބަރު މަސް ތެރޭގައި މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ގާޒީ ވިދާޅުވިއެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް