Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިދީއަކު ނިޔާވުން

ހުޅުމާލޭ ހޮސްޕިޓަލުގައި އިމަޖެންސީ ހާލަތުގައި ފަރުވާދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

އިސްމާއީލް އަބޫބަކުރަކީ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޯގަސްޓު 2023 | ހޮނިހިރު 15:27
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ނިޔާވެފައިވަނީ ބ. ތުޅާދޫ ބޯދި އުމުރުން 55 އަހަރުގެ އިސްމާއީލް އަބޫބަކުރު ކަމަށެވެ.

އިސްމާއީލް އަބޫބަކުރުގެ މެޔަށް ތަދެއް އަރައިގެން، ހޮނިހިރު ދުވަހުގެ މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭންފަށާފައިވެއެވެ. އިސްމާޢީލް އަބޫބަކުރުގެ ހާލަތު އިތުރަށް ގޯސްވެ، އިމަޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔައެވެ. އަދި ޑޮކްޓަރު ވަނީ ގާތްގަނޑަކަށް 3:25ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް މައުލޫމާތު ދީފައިކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

އިސްމާއީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ގައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫންކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.

އިސްމާއީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އަންގާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު