Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރީ ސީޒަން ފްރެންޑްލީ

އެމެރިކާގައި ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

23 ޖުލައި 2023 | އާދީއްތަ 10:42

ޔުނައިޓެޑް މޮޅުވީ 2-0 ން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 23 ޖުލައި 2023 | އާދީއްތަ 10:42
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި 82،262 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައު ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. ޒުވާން ކުޅުންތެރިޔާ ކޮބީ މެއިނޫ ދިން ޕާހަކުން ފެނާންޑޭސް ލަނޑު ޖެހީ އޭރިއާ ބޭރުންނެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ރަމްސްޑޭލްއަށް މަތަކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދިނީ ޖޭޑަން ސަންޗޯ އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މި ހޫނުމޫސުމުގައި ސޮއިކުރި ގިނަ ކުޅުންތެރިން ފެނުނެވެ. އެގޮތުން، އާސެނަލްގެ ފުރަތަމަ 11 ގައި ޓިމްބަރ، ކައި ހަވާޓްޒް އަދި ޑެކްލަން ރައިސް ހިމެނިފައިވެއެވެ. ޔުައިޓެޑުގެ ފުރަތަމަ 11 ގައި މޭސަން މައުންޓް ހިމަނާފައިވެއެވެ. އަލަށް ސޮއިކުރި ކީޕަރު އޮނާނާ ޓީމާއެކު ދަތުރުކޮށްފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިއިރު ޔުނައިޓެޑުން ވަނީ ކީޕަރު ޓޮމް ހީޓަން ފިޔަވާ ހުރިހާ ކުޅުންތެރިން ބަދަލުކޮށްފައެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ތަރި، އަމަދް ޑިއާލޯއަށް އަނިޔާވެ 59 ވަނަ މިނެޓުގައި ބަދަލުކުރިއެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ފަކުންޑޯ ޕެލެސްޓްރީއެވެ. އާސެނަލް އިންވެސް ވަނީ ދެވަނަ ހާފުގައި އަށް ބަދަލެއް ގެނެސްފައެވެ.

އޮގަސްޓް މަހު 12 ވަނަ ދުވަހު ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި އާސެނަލް ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. 15 ވަނަ ދުވަހު ޔުނައިޓެޑު ނިކުންނާނީ ވޮލްވްސް އާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް