Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑެންގީހުން އިތުރުވުން

ޑެންގީހުން ޖެހޭ މީހުންގެ އަދަދު މިއަހަރު ރިކޯޑް މިންވަރަކަށް އިތުރުވެދާނެކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފި

22 ޖުލައި 2023 | ހޮނިހިރު 02:20

2000 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ އަށްގުނަ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖުލައި 2023 | ހޮނިހިރު 02:20
ސްރީލަންކާގައި ފޮގް ކުރަނީ

ސްރީލަންކާގައި ފޮގް ކުރަނީ

ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިއަހަރު ރިކޯޑް މިންވަރަކަށް މައްޗަށް ހިނގައިދާނެކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދީފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މިއަހަރު ޑެންގީ ހުން ޖެހޭ މިންވަރު މައްޗަށް ދާ އެއްސަބަބަކީ ދުނިޔޭގެ ހޫނު މިން މައްޗަށް ދިޔުމާއެކު, މަދިރިއަށް ފަސޭހަކަމާއެކު އެއް ތަނުން އަނެއް ތަނަށް ދެވުން ކަމުގައެވެ.

ޑެންގީ ހުން ޖެހޭ މިންވަރު 2000 ވަނަ އަހަރުން ފެށިގެން އަންނަނީ މުޅި ދުނިޔޭގައި އިތުރުވަމުންނެވެ. ޑަބްލިޔުއެޗްއިން ބުނާގޮތުގައި 2000 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ އަށްގުނަ އިތުރުވެފައެވެ. 2022 ވަނަ އަހަރު ޑެންގީހުން ޖެހުނު މީހުންގެ އަދަދު ވަނީ 4.2 މިލިއަނަށް އަރާފައެވެ.

ރިކޯޑް މިންވަރަކަށް ޑެންގީ ހުން ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ސޫދާނުގެ ވެރިރަށް ޚަރްތޫމް އިންނެވެ. އެއީ މިއަހަރުގެ މާޗް މަހުއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ޕެރޫއިން ވަނީ ރިކޯޑް މިންވަރަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައެވެ. އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށްފައެވެ.

ޖެނުއަރީ މަހު ޑަބްލިޔުއެޗްއޯއިން ވަނީ ޑެންގީ ހުމަކީ އެންމެ ބާރަށް ފެތުރޭ ބައްޔެއް ކަމަށާއި ޕެންޑަމިކަކަށް އެބަލި ބަދަލުވެދާނެކަމުގެ އިންޒާރު ދީފައެވެ.

ޑަބްލިޔުއެޗްއޯގެ ކޮންޓްރޯލް އޮފް ނެގްލެކްޓެޑް ޓްރޮޕިކަލް ޑިޒީސް ޑިޕާޓްމަންޓުގެ ސްޕެޝަލިސްޓް ޑރ. ރާމަން ވެލަޔުދާން ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިހާރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ މިބައްޔަށް ހުށަހެޅުމާ ގާތުގައި ކަމަށެވެ.

މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު 129 ގައުމަކުން 5.2 މިލިއަން ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މިހާރުވެސް އެމެރިކާއިން 3 މިލިއަނާ ކައިރިކުރާ މިންވަރަކަށް ކޭސް ރިޕޯޓްކޮށްފައިވާއިރު، ބޮލީވިއާ، ޕެރަގުއޭ އަދި ޕެރޫގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރާމަން ވިދާޅުވިއެވެ.

އާޖެންޓީނާގައި ވަނީ މިއިން ދުވަހަކު ނުވާ މިންވަރަށް ޑެންގީ ހުން އިތުރުވެ، ހާލަތު ގޯސްވެފައި ކަމަށް ރާމަން ވިދާޅުވިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން މަދިރި އުފެދޭ މިންވަރު އިތުރުވާއިރު، ޑެންގީ ހުން ފަތުރާ މަދިރީގެ ހަށިގަނޑުގައި ވައިރަސް އުފައްދާ މިންވަރުވެސް މަތިކޮށްދެއެވެ. ޑރ. ރާމަން ވިދާޅުވީ އެއް ތަނުން އަނެއްތަނަށް މުދާ އުފުލާ މިންވަރު އިތުރުވެ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބަލި ޖެހޭ މިންވަރު އިތުރުވާކަމަށެވެ.

ހީޓްވޭވްގެ ސަބަބުން ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެދާނެތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރާމަން ވިދާޅުވީ، އެކަމާމެދު އެއްޗެއް ވިދާޅުވަން އަދި މާ އަވަސްކަމަށެވެ. 45 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނުމިން މަތިނަމަ މަދިރި ވިހެއުމަށްވުރެ ބޮޑަށް މަރުވާނީކަމަށާއި، ނަމަވެސް މަދިރިއަކީ ވަރަށް ވިސްނުންތޫނު ސޫތްޕެއްކަމަށާއި، އެކަމުގެ ސަބަބުން ފެން އަޅާފައި ހުންނަ އެއްޗިއްސަށް މަދިރި ބިސް އަޅާކަމަށެވެ. އާންމުގޮތެއްގައި އެފަދަ އެއްޗެހީގައި އެވަރަށް ހޫނު މިން މައްޗަށް ނުދާނެކަމަށް ރާމަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް