Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

އަންހެން ކީޕަރުގެ ޖާޒީ ނައިކީން ނުއުފައްދަނީތަ؟ ކީއްވެ؟

އަންހެން ކީޕަރުންގެ ޖާޒީ ވިއްކުމަކީ ނައިކީގެ ޕޮލިސީއެއްނޫން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 22 ޖުލައި 2023 | ހޮނިހިރު 02:09
އިނގިރޭސި ގައުމީ ޓީމުގެ ބައެއް ކީޕަރުން: ކީޕަރު ޖާޒީ ގަންނާކަށް ނުލިބޭ

އިނގިރޭސި ގައުމީ ޓީމުގެ ބައެއް ކީޕަރުން: ކީޕަރު ޖާޒީ ގަންނާކަށް ނުލިބޭ

އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުގެ ކީޕަރުގެ ޖާޒީ އާއްމުކޮށް ނުވިއްކާތީ، ކީޕަރުންގެ ފާޑުކިއުން ނައިކީ ކުންފުންޏަށް އަމާޒުވެއްޖެއެވެ.

ކުޅިވަރު ސާމާނު ވިއްކާ މަޝްހޫރު ނައިކީ ކުންފުންޏަކީ އިނގިރޭސި ގައުމީ ޓީމުގެ ޖާޒީ އުފައްދާ ފަރާތެވެ. ނަމަވެސް އެ ކުންފުނިން ވަނީ ގައުމީ އަންހެން ޓީމުގެ ކީޕަރު ޖާޒީ އާއްމުކޮށް ވިއްކަން ނުބަހައްޓާ ގޮތަށް ނިންމާފައެވެ. މިކަމާ އިނގިރޭސި ކީޕަރުންނާއި ނޫސްވެރިން ވަނީ ނައިކީއާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އިނގިރޭސި ގައުމީ ކީޕަރު މޭރީ އާޕްސް ބުނީ އެހެން ކުޅުންތެރިންގެ ޖާޒީ ވިއްކާފައި ކީޕަރު ޖާޒީ ނުވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އުމުރުން 30 އަހަރުގެ އިނގިރޭސި ކީޕަރު އާޕްސްއަކީ ހުސްވި އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކީޕަރެވެ. އަދި ކުލަބު ލެވެލްގައި ވެސް އޭނާގެ ވިދުން ގަދައެވެ. މިހެންވެ އޭނާއަށް ސަޕޯޓްކުރާ ފަރާތްތައް ވެސް ގިނައެވެ.

އާޕްސް ބުނީ ގައުމީ ޓީމުގެ އެހެން ކުޅުންތެރިން އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ދިނުމަށް ގިނަ އަދަދަކަށް ޖާޒީއަށް އޯޑަރުކޮށްފައި ވާކަމަށެވެ.

އާޕްސްގެ ޚިޔާލަށް އިނގިރޭސި ނޫސްވެރިން ވެސް ވަނީ ތާއީދުކޮށް، ނައިކީ ކުންފުންޏަށް ފާޑުކިޔާފައެވެ.

މި މައްސަލާގައި ނައިކީ ކުންފުނިން ބުނެފައިވަނީ އަންހެން ޓީމުގެ ކީޕަރުގެ ޖާޒީ ވިއްކަން ބާޒާރަށް ނުނެރެނީ އެއީ އެކުންފުނީގެ ވިޔަފާރި ޕޮލިސީއަކަށް ނުވާތީކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު