Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޑީސީގެ މައްސަލަ

އާރުޑީސީއާ ގުޅޭ މައްސަލަ ތަހުގީގު ނުކުރުމަކަށް ރައީސް ނާންގަވާ، ފަތުރަނީ ދޮގު ޚަބަރެއް: ފުލުހުން

12 ޖުލައި 2023 | ބުދަ 10:25

މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ނުވަތަ ތަހުގީގު ހުއްޓުވުމަށް، އަދި ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފަރާތަކުން އަންގާފައެއްނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖުލައި 2023 | ބުދަ 10:25
އާރުޑީސީގެ މުވައްޒަފުން

އާރުޑީސީގެ މުވައްޒަފުން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެންގެވިކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ނުވަތަ ތަހުގީގު ހުއްޓުވުމަށް، ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް، އެއްވެސް ފަރާތަކުން އެ ޚިދުމަތަށް އަންގާފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަހުގީގާގުޅޭ އެއްވެސް މަޢުލޫމާތެއް، ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސްއާ ހިއްސާކޮށްފައި ނުވާނެކަމަށާއި، މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ ކުންފުނީގެ މައި އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެހެންނަމަވެސް އާރްޑީސީން ވަނީ އެކަން ދޮގުކޮށްފައެވެ.

އާރުޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އެކައުންޓުން 13 މިލިއަން ރުފިޔާ ކުންފުނީގެ ސީއެފްއޯގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ އެމައްސަލަ ފުލުހުން ބަލަމުންދާކަމަށް ބައެއް މީޑިޔާތަކުން ޚަބަރު ގެނެސްދީފައިވާކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް، ނުވަތަ އެފަދަ މުއާމަލާތަކާއި ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އާރުޑީސީއަކީ ގަވާއިދުން ކޮންމެ އަހަރަކު އޮޑިޓްކުރެވޭ ކުންފުންޏެއްކަމަށާއި، އަދި މިހާރުވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ޚާއްސަ އޮޑިޓެއް ކުރަމުން ގެންދާކަމަށާއި، ކުންފުނީގެ ފައިނޭންޝަލް ޕޮލިސީއާ ޚިލާފު އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނެތްކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މިޚަބަރު ބައެއް ނޫސްތަކުން ގެނެސްދީފައިވަނީ ކުންފުނީގެ ބަހެއް ނެތި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކާނުލައި ކަމަށާއި، އެއީ ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ގެނެސްދީފައިވާ ޚަބަރެއް ކަމަށްވެސް އާރުޑީސީން ބުނެއެވެ.

އާރުޑީސީއާ ގުޅުންހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުގީގުކުރަމުންދާކަން، ނުވަތަ ތަހުގީގުކުރަން ބޭނުންވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ފުލުހުން އާރުޑީސީއަށް އަންގާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އާރުޑީސީން ކުންފުނީގެ ޚަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން އަންނަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށް ކަމަށް އާރުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ފައިސާއަށް ޚިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އާރުޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް