Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަރު އުނދުނުން ހިންގާ ބޭކަރީ

ދަރު އުނދުނަކުންވެސް ބޭކަރީއެއް ހިންގިދާނެ. ސާމީއަކީ ލާމަސީލު މިސާލެއް!

11 ޖުލައި 2023 | އަންގާރަ 14:43

އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، ޣައްޒާއަށް ދުވާލެއްގެ މައްޗަށް 500 މެގަވޮޓްގެ ކަރަންޓް ބޭނުންވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖުލައި 2023 | އަންގާރަ 14:43
ދަރު އުނދުނަކުން ހިންގަމުންދާ ބޭކަރީ

ދަރު އުނދުނަކުން ހިންގަމުންދާ ބޭކަރީ

ވަކި ފެންވަރެއްގެ ނޫނީ ވަކި ބްރޭންޑެއްގެ އެއްޗެއް ނުލިބިގެން މަސައްކަތެއް ނުކޮށް ހުންނަ ހުރުމަކީ އެކަމަކައިގެން ކުރިއަށް ދިއުމަށް މާ ބޮޑު ޝަޢުޤުވެރިކަމެއް ނެތިގެން ދައްކާ ބަހަނާއެކޭ ބުނަން ޖެހެނީ ފަލަސްޠީނަށް އުފަން ސާމީ ޢޫދީ ފަދަ މީހުންގެ ހިތްވަރާއި ސާބިތުކަން ފެންނަ ހިސާބުންނެވެ. ހުރިހާ ކޮޅަކުން ފިއްތާލާފައި ވާ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގެ ރަށްވެހިންނަށް ޕާން ފިހެދިނުމުގެ މަސައްކަތުގައި ސާމީ އަވަދިނެތި އުޅެނީ، ޒަމާނީ ފެންވަރުގެ އާލާތްތަކުން ފުރިހަމަ ކޮށްފައި ވާ ބޭކަރީއެއްގެ ނޫނެވެ. އޭނާ އެ މަސައްކަތް ކުރަނީ ޢާއިލާގެ އެތައް ޖީލެއްގެ އަތްތައް މަތިން ވާރުތަވަމުން އައި ދަރު-އަވަނެއް ބޭނުން ކޮށްގެންނެވެ.

ސާމީގެ ގިނަ ކަސްޓަމަރުންނަކީ ޣައްޒާއަށް ކުރިމަތިލާން ޖެހިފައި ވާ ދާއިމީ ކަރަންޓު ނުލިބުމުގެ ތަކުލީފުތައް އުފުލަން ޖެހިފައި ވާ މީހުންނެވެ. އަދި އަމިއްލަ ގޭގައި ގޭސް އުނދުން ބަހައްޓައިގެން ކެއްކޭނެ ހާ އަތްމަތި ތަނަވަސް ބައެއްވެސް ނޫނެވެ.

އެހެން ކަމުން، ގޭގައި ފުށްގަނޑު މޮޑުމަށް ފަހު، ސާމީގެ ބޭކަރީއަށް އެ ފުށްގަނޑު ފިހަން ފޮނުވައެވެ. ދަރު އަވަނުގައި، އެމީހަކު ބޭނުން އެއްޗެއް ފިހާށެވެ. އާންމު ބޭކަރީއަކުން ލިބެން ހުންނަ އެއް ރަހައެއްގެ ބަދަލުގައި، އެމީހެއްގެ އަމިއްލަ އަތުން ތައްޔާރު ކުރި އެއްޗެއްގައި ލާ ހާއްސަ ރަހައިގެ އުފާވެސް ލިބޭ ގޮތަށެވެ.

ސާމީގެ ކަސްޓަމަރުން ބުނާ ގޮތުގައި ބޯޓުދެއްޔާއި ދަރަކީ، ކަރަންޓު ނުވަތަ ގޭހަށް ވުރެ ފަސޭހައިން ލިބެން ހުރި ބާވަތްތަކެކެވެ. އަދި އެކި ކަހަލަ ކާބޯތަކެތި ފިހަން ބޭނުން ކުރާ ޒަމާނީ އާލާތްތަކަށް ވުރެ، ދަރު އަވަންތަކުގައި ފިހުމަކީ މާ ފަސޭހަ ކަމެއް ކަންވެސް އެމީހުން ފާހަގަ ކުރެއެވެ.

މިޞްރާއި ޔަހޫދީ އިޒްރޭލާއި ދެމެދު، ހަނި ދިގަށް ދެމި، ފިތިފައި އޮތް ޣައްޒާގެ އާބަދީ، 2.3 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، ޣައްޒާއަށް ދުވާލެއްގެ މައްޗަށް 500 މެގަވޮޓްގެ ކަރަންޓް ބޭނުންވެއެވެ. ނަމަވެސް ޣައްޒާއަށް ކަރަންޓު ލިބެން އޮންނަނީ އިޒްރޭލު މަގުން އެކަންޏެވެ. އެއީވެސް ދުވާލެއްގެ މައްޗަށް އެންމެ 120 މެގަވޮޓްއެވެ. ޣައްޒާގައި ހުންނަ ހަމަ އެކަނި އިންޖީނު ގެއިން ދުވާލެއްގެ މައްޗަށް ސަޕްލައި ކުރެވެނީ 60 މެގަވޮޓްގެ ކަރަންޓެވެ.

ކަރަންޓުގެ ހަކަތަ ކެނޑިގެންދާ ވަޤުތުތަކުގައި އެ ލިބޭ ގެއްލުން ފޫބެއްދުމަށް ޣައްޒާގެ ބައެއް ގޭބިސީތަކާއި ވިޔަފާރިތަކުން ބަރޯސާ ވަނީ އަމިއްލަ ޖަނަރޭޓަރުތަކާއި އިރުގެ އަވިން ހަކަތަ އުފައްދާ ސޯލަރ ޕެނަލްތަކަށެވެ. މިހާރުވެސް އިންތިހާ ދަތި ހާލުގައި އުޅޭ ޣައްޒާގެ ރަށްވެހިންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް އުފުލަން މަޖުބޫރުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2023

ޣައްޒާގެ މަސްރަހުން: ގައުމީ ލޯތްބާއި ދަރުމައަށް މަސައްކަތްކުރުމުގެ ހިތްގައިމު މަންޒަރުތަކެއް

25 އޮކްޓޯބަރު 2023
ޣައްޒާގެ މަސްރަހުން: ގައުމީ ލޯތްބާއި ދަރުމައަށް މަސައްކަތްކުރުމުގެ ހިތްގައިމު މަންޒަރުތަކެއް
18 ޖެނުއަރީ 2019

ސާރާގެ 'ސާތް ސަމަންދަރު' ބެލިންތަ؟

18 ޖެނުއަރީ 2019
ސާރާގެ 'ސާތް ސަމަންދަރު' ބެލިންތަ؟
01 ޖެނުއަރީ 2019

މަޝްހޫރު ފިލްމީ ތަރި ކާދަރު ހާން މަރުވެއްޖެ

01 ޖެނުއަރީ 2019
މަޝްހޫރު ފިލްމީ ތަރި ކާދަރު ހާން މަރުވެއްޖެ
17 އެޕްރީލު 2018

ކްލޯއީ ކާޑޭޝިއަން ދަރުފުޅަށް ކީ 'ޓްރޫ ތޮމްޕްސަން'

17 އެޕްރީލު 2018
ކްލޯއީ ކާޑޭޝިއަން ދަރުފުޅަށް ކީ 'ޓްރޫ ތޮމްޕްސަން'
16 އޮކްޓޯބަރު 2017

ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި

16 އޮކްޓޯބަރު 2017
ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި
27 މާރިޗު 2017

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

27 މާރިޗު 2017
"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް