Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއެސްއެމްގެ ދެ ބާޖު ހިފެހެއްޓުން

އެފްއެސްއެމްގެ ދެ ބާޖު ހިފެހެއްޓުން: މައްސަލަ އެރިޓްރިއާގެ ކޯޓަށް

7 ޖުލައި 2023 | ހުކުރު 11:56

ޑިޕްލޮމެޓިކްކޮށް މައްސަލަ ހައްލު ކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2023 | ހުކުރު 11:56
އެފްއެސްއެމްގެ ބާޖެއް

އެފްއެސްއެމްގެ ބާޖެއް

މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ދެ ބޯޓުގެ މައްސަލަ މިހާރު އޮތީ އެ ޤައުމުގެ ކޯޓިގައި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޤަސަމް ވިދާޅުވީ ބޯޓު ގެނައުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ މިހާރު ކޯޓުގައި އޮތްއިރު ރާއްޖޭގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރަނީ އެރިޓްރިއާގެ ލޯ ފާރމަކުން ކަމަށެވެ. އެ ލޯ ފާރމަށް އެޑްވާންސްކޮށް 4000 ޑޮލަރު ދައްކާފައިވާއިރު މައްސަލަ އެއްކޮށް ބެލުމަށް އެތަނުން ނަގަނީ 8000 ޑޮލަރު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން ފުރަތަމަ ފޮނުވި ޕަވަރ އޮފް އެޓާނީ އެ ޤައުމުގެ އެއްވެސް އިދާރާއަކުން ބަލައިނުގަތުމުން މިހާރު ދެވަނަ ޕަވަރ އޮފް އެޓީނީ ފޮނުވާ، އެ ޤައުމުގެ ކޯޓުން ބަލައިގެންފައިވާކަމަށް ޤަސަމް ވިދާޅުވިއެވެ. އަދި ލޯ ފާރމާ މަސައްކަތް ހަވާލުކޮށްފައިވާއިރު ވަކީލުންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މައްސަލަ ކޯޓުގައި އޮތްނަމަވެސް ކޯޓުން ބޭރުގައި ޑިޕްލޮމެޓިކްކޮށް މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ޤަސަމް ވިދާޅުވިއެވެ.

މިސްރުން ރާއްޖެއަށް ދަތުރުކުރި ދެ ބޯޓު އެރިޓްރިއާގައި ބަނދަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދާ އެރިޓްރިއާއަށް އެތެރެވި ކަމަށް ބުނެއެވެ. ނަމަވެސް ބޯޓު ބަނދަރުކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރިކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ ތެޔޮ އުފުލާ 4 ބޯޓު ބަނުމަށް މިސްރުގެ ކުންފުންޏަކަށް ހަވާލުކޮށްފައެވެ. މީގެ 1 އަހަރު ކުރިން ވަނީ މީގެތެރެއިން 2 ބޯޓު ރާއްޖެ ގެނެސްފައެވެ.

އެރިޓްރިއާގައި ހިފެހެއްޓި 2 ބޯޓަކީ ބާކީ އޮތް 2 ބޯޓެވެ. މި 2 ބޯޓަކީ 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބޯޓުތަކެއްކަމަށް އެފްއެސްއެމްއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ބޯޓެއް ބަނުމަށް ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް