Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވައިގެން މަގުން އެންމެ ގިނަ މޭލު ހުރަސްކުރި މީހާ

ވައިގެ މަގުން 23 މިލިއަން މޭލު ދަތުރުކޮށްފައިވާ މީހެއް!!

ފާއިތުމިވީ 33 އަހަރުތެރޭގައި ސްޓޫކަރ ވަނީ 100 ގައުމަކަށް ޒިޔާރަތްކޮށް، 23 މިލިއަން މޭލަށް ދަތުރުކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 18:02
ޓޮމް ސްޓޫކަރ

ޓޮމް ސްޓޫކަރ

ނިއުޖަރޒީއަށް ނިސްބަތްވާ ޓޮމް ސްޓޫކަރ 1990 ވަނަ އަހަރު ނިންމި ނިންމުމެއް ވެގެން ގޮސްފައިވަނީ އޭނާގެ ހަޔާތުގައިވެސް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމަށެވެ. އެހާ ކުރިން ކުރި ކަމެއްގެ ސަބަބުން އޭނާގެ ހަޔާތުގައި މިހާތަނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބިގެން ގޮސްފައިވެއެވެ. އަދި ދަނީ ލިބެމުންނެވެ.

އޭނާ ކުރީ އެވަރުގެ ކޮންކަމެއް ހެއްޔެވެ؟ ސްޓޮކް ގަތީ ހެއްޔެވެ؟ ނޫނެކެވެ. ނަމަވެސް އެއާ ގާތްކުރާ ކަމެކެވެ. އޭނާ ކުރިކަމަކީ ޔުނައިޓަޑް އެއަރލައިންސްގެ ލައިފްޓައިމް ފާހެއް ގަތުމެވެ. އެފާހުގެ އޭރުގެ އަގަކީ 290ހާސް ޔޫއެސް ޑޮލަރެވެ.

އެ ތާރީޚުން ފެށިގެން ފާއިތުމިވީ 33 އަހަރުތެރޭ ސްޓޫކަރ ވަނީ 100 ގައުމަކަށް ޒިޔާރަތްކޮށް 23 މިލިއަން މޭލު ދަތުރުކޮށްފައެވެ. ވޮޝިންގޓަން ޕޯސްޓާ ހަވާލާދީ ވިއޯން ޗެނެލުން ބުނެފައިވާގޮތުގައި، އޭނާއަކީ މުޅި ތާރީޚުގައިވެސް ވައިގެމަގުން އެންމެ ގިނަ މޭލު ކަޑައްތުކުރި އިންސާނާއެވެ.

އެޕޯލޯ އެގާރާގައި ހަނދަށް ދަތުރުކުރި އެސްޓްރޮނޯޓުންވެސް ކަނޑައްތުކުރީ 953ހާސް މޭލެވެ.

ޔުނައިޓަޑުން މިހާރު މިފަދަ ލައިފްޓައިމް ފާސް ނުވިއްކަން ނިންމާފައި ވުމާއެކު ސްޓޫކަރގެ ރިކޯޑް އެގޮތުގައި އޮތުން ވަރަށް ގާތެވެ.

ވޮޝިންގޓަންޕޯސްޓްގައި ބުނެފައިވާގޮތުގައި، 2019 ވަނަ އަހަރު އެކަނިވެސް ސްޓޫކަރ ވަނީ ހަނދަށް ކުރާ ހަ ދަތުރާ އެއްވަރުގެ ރާސްތާއެއް ކަނޑައްތުކޮށްފައެވެ. ކާރު ޑީލަރޝިޕް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ، އުމުރުން 69 އަހަރުގެ ސްޓޫކަރ 2019ގައި އެކަނި ވަނީ 373 ފްލައިޓުގައި ދަތުރުކޮށްފައެވެ. މިދަތުރު ތަކުގެ ތެރެއިން އޭނާ ވަނީ 1.4 މިލިއަން މޭލު ކަނޑައްތުކޮށްފައެވެ. އޭނާ ދަތުރުކުރި ފްލައިޓްތަކަށް ޓިކެޓް ގަތްނަމަ އޭނާ އަތުން 2.44 މިލިއަން ޑޮލަރު ޚަރަދުވީސް ކަމަށް ވެއެވެ.

އެއްފަހަރަކު އޭނާ 12 ދުވަސްވަންދެން އެނދެއްގައި ބުރަކަށިޖައްސާނުލައި ހޭދަވިކަމަށްވެއެވެ. ނިއުޔޯރކުން ސޭންފްރޭންސިސްކޯ، ބެންކޮކް އަދި ޑުބާއީގައި ޖައްސަމުން އުދުހުނުއިރު، ވައިގެތެރޭގައި ފިޔަވާ ދެން އޭނަ ހުރަސްކުރީ އެއަރޕޯޓް ލައުންޖްތަކެވެ.

އެފަދަ ލައިފްޓައިމް ފާހެއް އޮވެގެން ދަތުރުކުރުމުން ސްޓޫކަރއަށް ލިބުނު އެންމެ ބޮޑުފައިދާއަކީ "ފްލަޔަރ މައިލްސް" ނުވަތަ މަތިންދާބޯޓުގައި ދަތުރު ކުރުމުން ލިބޭ ޕޮއިންޓް އިތުރުވުމެވެ. މިގޮތުން 2009 ވަނަ އަހަރު އޭނާއަށް ވަނީ 5 މިލިއަން މޭލު ދަތުރުކުރުމުން ލިބޭ ޕޮއިންޓް ހާސިލްކުރެވިފައެވެ. އަދި 2019 ވަނަ އަހަރާ ހަމަޔަށް އައިއިރު އޭނާއަށް ވަނީ 10 މިލިއަން މޭލު ހަމަވެފައެވެ.

ޔުނައިޓަޑް އެއަރލައިންސްގެ "މައިލްސް" ހަމަވުމުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި؛ ދުނިޔޭގެ އެކި ތަންތަނުގެ ހޮޓެލް ސުއީޓް ތަކުގައި ހުރުމާ، ކްރޫޒް ދަތުރުތަކާއި، ގޯމޭ ސުފުރާތަކުން ކާލުމުގެ ފުރުސަތު ހިމެނެއެވެ. އަދި "މައިލްސް" ހަމަވުމުން ލިބޭ ޕޮއިންޓް ފައިސާއަށް ބަދަލުކޮށްގެން އޭނާ އެތައް ކަމެއް ކޮށްފައިވެއެވެ. މިގޮތުން އާއިލާ މީހެއްގެ ގެ އަލުން އާބާތުރަ ފިލުވައިދިނުމާއި އަދި 50 ހާސް ޑޮލަރުގެ ވޯލްމާޓް ގިފްޓް ކާޑުވެސް އެއްދުވަސް މަތިން ގަތް ކަމަށް ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި އެހާ އަވަސް އަވަހަށް ދަތުރުކުރުމަކުން އޭނާގެ ފުށުން ތިމާވެއްޓަށްވެސް ގެއްލުމެއް ލިބޭނެކަމަކަށް ނުދެކެއެވެ. އެހެނީ އޭނާ ބޯޓުގަ އިންނަމަވެސް ނުވަތަ ނެތްނަމަވެސް ބޯޓު ދަތުރު ކުރާނެތީއެވެ. އޭނާ ބުނީ އެއާ ޚިލާފަށް ޕްރައިވެޓް ޖެޓްތަކުގައި އުޅޭ މީހުން ކޮމަރޝަލްކޮށް ދަތުރުކުރާނަމަ ތިމާވެއްޓަށް ފައިދާކުރާނެ ކަމަށެވެ.

ދި ވޮޝިންޓަން ޕޯސްޓްޔުަނައިޓެޑް އެއަރލައިންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންޑޯ ނެތި 'ވިންޑޯ ސީޓް' ވިއްކުމާ ގުޅިގެން ޑެލްޓާ އަދި ޔުނައިޓެޑްގެ މައްޗަށް ދަޢުވާ އުފުލައިފި

ވިންޑޯ ނެތި 'ވިންޑޯ ސީޓް' ވިއްކުމާ ގުޅިގެން ޑެލްޓާ އަދި ޔުނައިޓެޑްގެ މައްޗަށް ދަޢުވާ އުފުލައިފި

21 އޯގަސްޓު 2025
ޔުނައިޓެޑް އެއާލައިންސް އިން 600 އެއްހާ މުވައްޒަފުން ކަނޑާލައިފި

ޔުނައިޓެޑް އެއާލައިންސް އިން 600 އެއްހާ މުވައްޒަފުން ކަނޑާލައިފި

30 ސެޕްޓެމްބަރު 2021
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

26 އެޕްރީލު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު