Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ފަށައިފި، ފުރަތަމަ މެޗުން ބޫޓާން މޮޅު

މި މުބާރާތުގެ ފުރަތަމަ ރައުންޑުން ކަޓާނީ ހަމައެކަނި ތާވަލުގެ ފުލުގައި އޮންނަ ޓީމް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 14:01
ބޫޓާން އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބޫޓާން އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތަކީ ހަމަ އެކަނި ފިރިހެން ބާސްކެޓްބޯޅަ ޓީމުތަކުން ބައިވެރިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ވާދަކުރާނީ ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ބޫޓާން، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނޭޕާލް އަދި ބޫޓާން އެވެ. މި މެޗު 61-55 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ބޫޓާންއެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ބޫޓާން ވަނީ 21-13 ގެ ސްކޯ އަކާއެކު އަށް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ދެވަނަ ކުއާޓަރު ފެށިގެން ނޭޕާލް ޓީމުން ކުޅުން ރަނގަޅު ކުރިނަމަވެސް، ބޫޓާން ޓީމުން ދިޔައީ އެ ޓީމުން ނަގާފައިވާ ލީޑު ހިފަހައްޓަމުންނެވެ. މި ކުއާޓަރު ނިމުނީ 36-29 ގެ ނަތީޖާއަކުން ބޫޓާން ކުރިހޯދައިގެނެވެ. ފުރަތަމަ ކުއާޓަރުގައި ބޫޓާން އިން ނެގި އަށް ޕޮއިންޓުގެ ލީޑު ނޭޕާލް އަށް ކުޑަ ކުރެވުނީ ހަތް ޕޮއިންޓަށެވެ.

ބޫޓާން ޓީމުން ހޯދާފައިވާ ހަތް ޕޮއިންޓުގެ ލީޑު ހަ ޕޮއިންޓަށް ކުޑަކޮށް، ނޭޕާލް އިން ތިން ވަނަ ކުއާޓަރުގައި ވަނީ އުއްމީދު އައުކޮށްފައެވެ. ކުއާޓަރަކަށްފަހު ކުއާޓަރެއްގައި ކުޅުން ރަނގަޅުކޮށް ނޭޕާލް ދިޔައީ ފަރަގު ކުޑަކުރަމުންނެވެ. ތިން ވަނަ ކުއާޓަރު ނިމުނީ 48-42 ގެ ނަތީޖާއަކުން ބޫޓާން ކުރިހޯދައިގެނެވެ.

މެޗުގެ ފަހު ކުއާޓަރު ފެށުނު ގޮތަށް ބޫޓާން އިން މަސައްކަތް ކުރީ އަވަސް އެޓޭކުތަކެއްކޮށް، ތިން ޕޮއިންޓު ހޯދުމަށެވެ. ނަމަވެސް ބޭރުން ކުރި ޝޫޓުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ތިން ޕޮއިންޓުގެ ސްކޯ ނުކުރެވުނު ނަމަވެސް ބޫޓާން ޓީމުން ވަނީ ނޭޕާލްއަށް ސްކޯ ކުރުމުގެ ފުރުސަތު ނުދީ، 12 ޕޮއިންޓަށް ފަރަގު އިތުރުކޮށްފައެވެ. އޭގެ ފަހުން ނޭޕާލް އިން ޓައިމް އައުޓް ނަގާ، ކުޅުން ރަނގަޅުކޮށް ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކުރިއެވެ. ނަމަވެސް ބޫޓާން އިން ވަނީ މެޗުގެ އެންމެ މުހިންމު ވަގުތުގައި ތިން ޕޮއިންޓު ސްކޯކޮށް، ލީޑު ފުޅާކޮށްފައެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނޭޕާލް އިންވެސް ވަނީ ތިން ޕޮއިންޓު ސްކޯ ކޮށްފައެވެ.

ފުރަތަމަ މެޗުން މޮޅުވެވުން ވާނީ ބޫޓާން އަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. މި މުބާރާތުގެ ފުރަތަމަ ރައުންޑުން ކަޓާނީ ހަމައެކަނި ތާވަލުގެ ފުލުގައި އޮންނަ ޓީމެވެ. ގަދަ ހަތަރު ޓީމު ސެމީގައި ވާދަ ކުރާނެއެވެ.

މި މުބާރާތުގައި ރާއްޖޭގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ އިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް، ކޮންމެ ރެޔަކު 20:30 ގައެވެ. ރާއްޖެއިން މި މުބާރާތަށް ނިކުންނަނީ ރަނގަޅު ކާމިޔާބެއް ހޯދުމުގެ ގަދަ އަޒުމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު