Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގައްޒާގެ ހާލަތު

ތަކުލީފާއި، ވޭނާއި، އަޅުވެތިކުރުމުގެ ތެރެއިން ޢުއްމީދާއި ނަޞްރު!

ޢިމާރާތެއްގެ ފާރުގައި ކުރަހާފައި ވާ އެއް ކުރެހެމުން ފެނިގެން ދަނީ، އަންހެނަކު، އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހުންނަ މަންޒަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ޖޫން 2023 | އަންގާރަ 10:42
ފަލަސްތީނުގެ ގްރެފިޓީ އާޓިސްޓެއް

ފަލަސްތީނުގެ ގްރެފިޓީ އާޓިސްޓެއް

ދިރިއުޅުމުގެ މައިދާނުގައި ހިތްދަތި ކަމާއި ވޭނާ ކުރިމަތިލާން ޖެހުނެއް ކަމަކު، އެފަދަ ކޮންމެ ކަމަކުންވެސް އުފާވެރިކަމާއި އުޖާލާކަން ހޯދުމަކީ ގަދަ ހިތްވަރާއި ސާބިތުކަމުގެ ވެރި ހިތަކަށް ނޫނީ ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހި، އިންތިހާ ބިރުވެރިކަމުގެ ތެރޭގައި ދުވާލާއި ރޭތައް ހޭދަ ކުރަން ޖެހުނެއް ކަމަކު، ޣައްޒާގެ ރަށްވެހިންގެ ކިބައިން ފެނިގެން ދަނީ މި ސާބިތުކަމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މިދިޔަ މެއި މަހު، ޣައްޒާއާއި ޔަހޫދީ އިޒްރޭލާއި ދެމެދު ބަދަލު ކުރި ހަމަލާތަކުގައި ސުންނާފަތިވި އިމާރާތްތަކަށް އާ ދިރުމެއް ގެނެސްދީ، ވެއްޓަށް އުޖާލާކަން ގެނެސްދިނުމުގެ ޢަޒުމުގައި އަތުކުރި އޮޅާލި ބަޔަކީ، ޣައްޒާގެ ގްރެފިޓީ އަރޓިސްޓުންނެވެ. ނުވަތަ ފާރު ފަދަ ތަންތަނުގައި އާދަޔާ ޚިލާފު ކުރެހުންތައް އެޅުމުގެ ފަންނުވެރި ކުރެހުންތެރިންނެވެ.

ހަމަލާތަކުގައި ހަލާކު ކޮށްލާފައި ވާ ޢިމާރާތެއްގެ ފާރުގައި ކުރަހާފައި ވާ އެއް ކުރެހެމުން ފެނިގެން ދަނީ، އަންހެނަކު، އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހުންނަ މަންޒަރެވެ. އަނެއް ފާރެއްގައި ކުރަހާފައި ވާ ކުރެހުމުން ފެނިގެން ދަނީ، ކަރުނަ ހިލިފައިވާ ފިރިހެން ކުއްޖެކެވެ. 3 ވަނަ ފާރަކުން ފެނިގެން ދަނީ ލޯގަނޑަކަށް ބަލަހައްޓައިގެން، ބޯއޮމާން ކުރަން އިން އަންހެން ކުއްޖެކެވެ.

ދީރު އަލް-ބަލާ އަވަށް އަދިވެސް ވަށާލާފައި ވާ ވަނީ ގާކުނޑިތަކުންނެވެ. މޭޒުތައް މަތިން ފެންނަން ހުރީ އިޒްރޭލުން އުކުލި މިސައިލްތަކުގެ ބައިތަކެވެ.

ކުރެހުމުގެ މަސައްކަތުގައި އުޅުނު ޙުސައިން އަބޫ ޞާދިޤުގެ ޢަޒުމަކީ ފިސާރި ވަރުގަދަ ޢަޒުމެއްކަން، އޭނާއާ ވާހަކަދައްކާލުމުން ސާބިތުވެއެވެ.

ހުރިހާ ކޮޅަކުން ފިއްތާލެވިފައިވާ ޣައްޒާގެ އާބާދީ، 2.3 މިލިއަނަށް އަރައެވެ. އިޒްރޭލުގެ އިތުރުން މިޞްރުންވެސް ފިއްތުންތައް ކުރިމަތި ކުރަމުން ދާ ޣައްޒާގެ ކޮންޓްރޯލް އޮންނަނީ ހަމާސް ޖަމާޢަތުގެ އަތް މަތީގައި ކަމަށް ވާ އިރު، ފަލަސްޠީނުގެ މައި ސަރުކާރުންވެސް އެ ޖަމާޢަތް ބަލައެއް ނުގަނެއެވެ. އިންތިހާ ފިއްތުންތައް ކުރިމަތި ކުރެއެވެ. އިޒްރޭލުން ދެކޭ ގޮތުގައި ހަމާސް ޖަމާޢަތަކީ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާޢަތެކެވެ.

އިޒްރޭލުގެ ހަމަލާތައް ޣައްޒާއަށް އަމާޒު ކުރަނީ ހަނގުރާމަ ވެރިން ބަލި ކުރުމަށްޓަކާ، ހަނގުރާމަވެރިންނަށް އަމާޒު ކޮށް ކަމަށް ބުނި ނަމަވެސް، އެ ހަމަލާތަކުގައި މަރުވެދާ ޢާންމުންގެ ޢަދަދު މަދެއް ނޫނެވެ. އަންހެނުންނާއި ކުޑަ ކުދިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހަމަލާ ދެނީ ހަނގުރާމަވެރިންގެ ކިއްލާތަކަށް ކަމަށް ބުނެ، އިޒްރޭލުން ދިފާޢަށް ކުޅުނު ކަމުގައި ވީ ނަމަވެސް، ޙަޤީޤަތުގައި ފެންނަ މަންޒަރު ތަފާތެވެ. ހަމަލާ ބަދަލު ކުރުންތަކުގައި މަރުވާ އަންހެނުންނާއި ކުޑަކުދިންގެ ޢަދަދު ވަކި މަދެއް ނޫނެވެ.

އެމެރިކާގެ ފުރިހަމަ ދިފާޢުގެ ނިވަލުގައި އޮވެ އިޒްރޭލުން ދެމުންދާ ހަމަލާތަކަށް، އެބައި މީހުން ޖަވާބު ދާރީ ކުރެވިފައެއް ނެތެވެ. އެމެރިކާގެ ވެރިކަމާ، ސިޔާސީ ފިކުރުގެ ކޮންމެ ކޮޅަކުން ބަލާލި ކަމުގައި ވީ ނަމަވެސް އެކަން އޮތީ އެހެންނެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2019

ބާރަތްގެ ޝޫޓިންގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅު ނުވޭ: ދިޝާ

21 ޖޫން 2019
ބާރަތްގެ ޝޫޓިންގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅު ނުވޭ: ދިޝާ
29 މެއި 2019

ސާރާ އާއި އަނަންޔާގެ ތެރެއިން ކާރތިކަށް ކަމުދަނީ ކާކު؟

29 މެއި 2019
ސާރާ އާއި އަނަންޔާގެ ތެރެއިން ކާރތިކަށް ކަމުދަނީ ކާކު؟
09 މާރިޗު 2019

ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް އިކުއެޓިކް ވައިބް ބޭންޑްގެ ހާއްސަ ލަވައެއް!

09 މާރިޗު 2019
ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް އިކުއެޓިކް ވައިބް ބޭންޑްގެ ހާއްސަ ލަވައެއް!
26 މާރިޗު 2018

ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް

26 މާރިޗު 2018
ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް
20 ޑިސެމްބަރު 2017

8 ވަނަ ދިވެހި ފިލްމު އެވޯޑްސް: 31 އެވޯޑްގެ ތެރެއިން ޑާކް ރެއިން އެންޓަޓެއިންމަންޓަށް 22 އެވޯޑް

20 ޑިސެމްބަރު 2017
8 ވަނަ ދިވެހި ފިލްމު އެވޯޑްސް: 31 އެވޯޑްގެ ތެރެއިން ޑާކް ރެއިން އެންޓަޓެއިންމަންޓަށް 22 އެވޯޑް
02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
29 ޖޫން 2017

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި
19 އެޕްރީލު 2017

ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ

19 އެޕްރީލު 2017
ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު