Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

އާންމު ޖަލްސާއަކަށް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ރައިސް އެޖެންޑާ ކޮށްދެއްވުމަށް އެދިައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖޫން 2023 | އަންގާރަ 08:18
މަޖިލީހުގެ އަމީން އާންމު ފަތިމަތު ނިއުޝާ

މަޖިލީހުގެ އަމީން އާންމު ފަތިމަތު ނިއުޝާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވައިފިއެވެ.

އަންގާރަ ދުވަހު، މަޖިލީހުގެ ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން، ނަޝީދު ވަނީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާކަން ވިދާޅުވެ މަޖިލީހުގެ އަމީން އާންމަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީފުޅުގެ ޖަވާބުގައި އަމީން އާންމު ފޮނުއްވި ސިޓީގައި ޖަލްސާ ކުރިއަށް ގެންދެވިދާނެ 3 ގޮތެއް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިސްވެދެންނެވިފައިވާ ފަދައިއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން މަނިކުފާނު ވަކިކުރުމަށް މަޖިލީހުގެ 54 މެންބަރުން ހުށަހަޅާފައިވަ ޤަރާރު މަޖިލީހަށް ހުށަހެޅި، އެއާމެދު ގޮތެއް ނުނިމެނީސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަން އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ނައިބްރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އަދި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ މަޝަވްރާގެ އަލީގައި، އެގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ އެއްގޮތަކީ، އެ ގަރާރުގެ ހުށަހެޅޭ ޖަލްސާގފައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، ފުރުސަތުގެ އަދަދާއި ފުރުސަތުގެ ދިގުމިން އާންމު ކޮމިޓން ކަނޑައެޅުން އަވަސް ކުރުމަށްޓަކައި މަޖިލހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމަށެވެ.

އަދި މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާއި ހަވާލުކުރެއްވުމެވެ.

ނުވަތަ މި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ދެވަނަ ގޮތަކީ، އެ ގަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައިސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވާ، އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ތިންވަނަ ގޮތަކީ އެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ އާންމު ޖަލްސާއަކަށް އެކަން މަޖިލީހުން ރައިސް އެޖެންޑާ ކޮށްދެއްވުމަށެވެ.

މި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްގެ މަގާމުން އިވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު 8 ޖޫންއަށް ހަމަވުމާއެކު، އެ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބޭއްވޭ ޖަލްސާއަކަށް ހުށަހެޅެންވާނެ ގަރާރަކަށް ވެފައި، މަޖިލީހުގެ ޖަލްސާތަކުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، އަމީން އާންމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި 11 ޖޫންގައި ނަޝީދު ފޮނުއްވި ސިޓީފުޅުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގެނެވި ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރުގައި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށާއި، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައި ގަރާރުގެ މައްސަލަ ހިނގަމުންދާއރިު، އަމީން އާންމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ.

އަދި މަޖިލީހަށް މިހާރު ލިބިފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމްގެ ތެރޭގައި ނުހުއްޓި ކުރިަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް މި ސިޓީގައި އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު