Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަނޑު އަޑީގައި ދިރިއުޅުން

ކަނޑު އަޑީގައި ދިރިއުޅެން ދާން ކެރޭނެތަ؟

10 ޖޫން 2023 | ހޮނިހިރު 17:47

މުޅި މިޝަންގެވެސް އެންމެ ބޮޑު ކާމިޔާބީއަކީ، ގާތްގަނޑަކަށް 5000 އެއްހާ ދަރިވަރުންނާ ކުރެވެމުން ދިޔަ މުޢަމަލާތު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 ޖޫން 2023 | ހޮނިހިރު 17:47
ކަނޑު އަޑީގަ ދިރިއުޅެން ދާން ކެރޭނެތަ؟

ކަނޑު އަޑީގަ ދިރިއުޅެން ދާން ކެރޭނެތަ؟

އާދަޔާ ޚިލާފު ރެކޯޑްތައް ހެދުމަކީ ޒަމާނުއްސުރެ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ވެފައި އޮންނަ ކަމެކެވެ. ސަކަރާތާއި މަޖަލުގެ ތެރެއިން ރެކޯޑްތައް ހަދާ މީހުން އުޅޭ އިރު، މުހިންމު ކަންކަމާ މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރެކޯޑްތައް ހަދައިގެން ދުނިޔޭގެ ސަމާލުކަން ހޯދާ މީހުންވެސް މަދެއް ނޫނެވެ.

ފްލޮރިޑާގެ ޑައިވަރު އަދި ބަޔޮމެޑިކަލް އިންޖިނޭރު، ޑރ ޖޯސެފް ޑިޓޫރީ އަކީވެސް ދާދި ފަހުން މިފަދަ ރެކޯޑެއް ހެދި މީހެކެވެ. ޑރ ޑިޓޫރީގެ ރެކޯޑް ޚާއްޞަ ވަނީ ކަނޑު އަޑިއަށެވެ. ކަނޑު އަޑީގައި 100 ދުވަސް ވަންދެން ދިރިއުޅުމަށް ފަހު، ޑރ ޑިޓޫރީ އެއްގަމަށް އެރީ ޖޫން 9 ވަނަ ދުވަހުއެވެ.

ކަނޑު އަޑީގައި ދިރިއުޅުމުގެ އާ ރެކޯޑަށް ފަހު ޑރ ޑިޓޫރީ އެއްގަމަށް އަރައިގެން އައި އިރު، ސަޕޯރޓް ޓީމުން ވަނީ އޭނާއަށް މަރުޙަބާ ކިޔާ، ތަޢުރީފު ކިޔުމުގެ ގޮތުން ގޮނޑުދޮށަށް ޖަމާވެފައެވެ.

ޞިއްޚީ ދާއިރާއިން ދިރާސާތައް ކުރަމުންދާ ޑރ ޑިޓޫރީ، 100 ދުވަސް، ކަނޑު އަޑީގައި ހޭދަ ކުރީ ފްލޮރިޑާގެ ކީ ލާގޯގެ ޖޫލްސް އަންޑަރސީ ލޮޖްގައެވެ. "ޕްރޮޖެކްޓް ނެޕްޓިއުން 100" ގެ ދަށުން، ޑރ ޑިޓޫރީ މިޝަން ފެށީ މަރޗް 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ، ޖޫލްސް އަންޑަރސީ ލޮޖްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް މެރިން ރިސޯސަސް ޑިވެލޮޕްމަންޓް ފައުންޑޭޝަނުން ހިންގާ މަޝްރޫޢެކެވެ.

މި އާދަޔާ ޚިލާފު މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ޞިއްޚީ އަދި ކަނޑުގެ ދިރާސާތައް ގުޅާލާ، ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާގެ ދަރިވަރުންނަށް ޢިލްމީ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ.

ކަނޑު އަޑީގައި ދިރިއުޅެމުން ދިޔަ ކޮންމެ ދުވަހަކީ ޑރ ޑިޓޫރީ، މުހިންމު ދިރާސާތަކެއް ކުރި ދުވަހެކެވެ. އެގޮތުން އިންތިހާ ޕްރެޝަރު ގަދަ، އެކަހެރި ވެއްޓެއްގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހެމުން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލާ، ދިރާސާ ކުރަމުން ދިޔައެވެ. އެއީ ކަނޑުގެ ފުން ސަރަޙައްދުތަކުގައި ދިގު މުއްދަތުގެ މިޝަންތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެކެވެ.

ކަނޑު އަޑިގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުމުގެ ރެކޯޑެއް އެންމެފަހުން ހަދާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ 73 ދުވަހުގެ ރެކޯޑެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 އެޕްރީލު 2019

ހޮލީވުޑް އަށް ދާން ބޭނުން: އާލިއާ

15 އެޕްރީލު 2019
ހޮލީވުޑް އަށް ދާން ބޭނުން: އާލިއާ
21 ޖެނުއަރީ 2019

ކާތިކް ހުރީ ސާރާ އާއި އެކު ޑޭޓަކަށް ދާން ތައްޔާރަށް

21 ޖެނުއަރީ 2019
ކާތިކް ހުރީ ސާރާ އާއި އެކު ޑޭޓަކަށް ދާން ތައްޔާރަށް
16 ޖެނުއަރީ 2019

ކަނޑު އިބިލީސް މާލޭގައި ޕްރިމިއަރ ކުރަނީ

16 ޖެނުއަރީ 2019
ކަނޑު އިބިލީސް މާލޭގައި ޕްރިމިއަރ ކުރަނީ
20 ޖުލައި 2018

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި

20 ޖުލައި 2018
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި
05 އެޕްރީލު 2018

ވަރުން ދަވަންގެ އޮކްޓޯބަރ: ހައިވޭއިން ބައިސްކަލްގައި ދާންޖެހުމުން ހުރީ ބިރުން

05 އެޕްރީލު 2018
ވަރުން ދަވަންގެ އޮކްޓޯބަރ: ހައިވޭއިން ބައިސްކަލްގައި ދާންޖެހުމުން ހުރީ ބިރުން
29 މާރިޗު 2018

ކަނޑު އިބިލީސްގެ ޕޯސްޓަރ ރިލީޒް ކުރުން މިރޭ

29 މާރިޗު 2018
ކަނޑު އިބިލީސްގެ ޕޯސްޓަރ ރިލީޒް ކުރުން މިރޭ
26 މާރިޗު 2018

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

26 މާރިޗު 2018
ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟
30 ޖެނުއަރީ 2018

ކަނޑު އިބިލީސްގެ ޝޫޓިން ފަށައިފި

30 ޖެނުއަރީ 2018
ކަނޑު އިބިލީސްގެ ޝޫޓިން ފަށައިފި
20 އޮކްޓޯބަރު 2017

އީސަގެ 'ކަނޑުކޮސް ކެޔޮޅު' ލަވަފޮށީގައި ރިލީޒްކޮށްފި

20 އޮކްޓޯބަރު 2017
އީސަގެ 'ކަނޑުކޮސް ކެޔޮޅު' ލަވަފޮށީގައި ރިލީޒްކޮށްފި
01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް