Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމީ ދާއިރާ

ކަނޑު އިބިލީސް މާލޭގައި ޕްރިމިއަރ ކުރަނީ

މި ފިލްމް މާލޭގައި ކުލަގަދަކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ރެޑް ކާޕެޓް އިވެންޓަކާއި އެކުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 ޖެނުއަރީ 2019 | ބުދަ 13:49
ކަނޑު އިބިލީސް ޕޯސްޓަރު

ކަނޑު އިބިލީސް ޕޯސްޓަރު

ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިލްމް "ކަނޑު އިބިލީސް" އަންނަ މަހު 1 ގައި މާލޭގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިގފައިވާ ކަމަށް ފިލްމްގެ އެއް ޕްރޮޑިއުސަރ އަހުމަދު ޒިޔާދު ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ޒިޔާ ބުނީ މި ފިލްމް މާލޭގައި ކުލަގަދަކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ ރެޑް ކާޕެޓް އިވެންޓަކާ އެކުގައި ކަމަށެވެ.

ފިލްމްގެ ޕްރޮމޯޝަނަލް ލަވަ މި އިވެންޓުގައި ބިދަބިން ބޮޑުބެރު ގުރޫޕްގެ ފަރިހަރަކަތްތަކާ އެކު ފެނިގެންދާނެ ކަމަށް ޒިޔާ ބުންޏެވެ. މީގެ އިތުރުން ވެސް އިބްރާހިމް ނިފާރު (ތިއްތި) ކިޔާފައިވާ މި ފިލްމްގެ ތީމް ލަވަ ވެސް ރެޑް ކާޕެޓް އިވެންޓުގައި ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 15 ގައި ފިލްމްގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށާފައިވާއިރު ޓިކެޓްގެ އަގަކީ 100 ރުޕިޔާއެވެ.

މާލޭގައި މިވަގުތު ދެއްކުމަށް ހަމަޖަހެފައި ވަނީ އެއް ޝޯ ކަމަށާއި ނަމަވެސް ފަހުން އަދި ސިނަމާތަކުގައި ފިލްމް އަޅުވާނެ ކަމަށް ޒިޔާ ބުންޏެވެ.

ޒިޔާ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޕްރޮޑިއުސް ކޮށް އަދި ލީޑް ރޯލް ކުޅެފައިވާ މި ފިލްމްގައި 100 އަށް ވުރެ ގިނަ ތުއްތު ކުދިން ފެނިގެންދާނެއެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށާއި ފިލްމަކުން އެހާ ގިނަ ކުދިން އެއްފަހަރާ ފެނިގެންދާ ފިލްމަށް ވެގެން ދާނެ ކަމަށް ޒިޔާ ބުންޏެވެ.

ކޮޕީ އިއްސެ ޑައިރެކްޓް ކުރާ މި ފިލްމްގެ ވާހކަ ލިޔެފައިވަނީ އޭނާގެ ބައްޕަ ކޮޕީ މުހައްމަދު ރަޝީދުއެވެ.

މި ފިލްމު ވަނީ މިދިޔަ މަހު ރެޑް ކާޕެޓް ހަފްލާއަކާ އެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޕްރިމިއާ ކޮށްފައެވެ. "ކަނޑު އިބިލީސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ކުޅުދުއްފުށީގައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"

14 ފެބުރުއަރީ 2017
ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު