Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި 1 ގަޑިއިރު!

5 ޖޫން 2023 | ހޯމަ 05:34

ހޯމަ ދުވަހަށް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖޫން 2023 | ހޯމަ 05:34
ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު

ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު

ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅާ، އެ މައްސަލަ ހުށަޅުއްވަން ލިބިވަޑައިގަތް ފުރުސަތުގައި އެހެން ވާހަކަތައް ދައްކަވާތީ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިގެން ގަޑިއެއްހާއިރު ހޭދަވިއިރު ވެސް މައްސަލަ ހުށަހެޅިފައެއް ނުވެއެވެ. ހޯމަ ދުވަހު ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކުރި ނަމަވެސް އެ މައްސަލަ ހުށަނޭޅި ދެ ފަހަރެއްގެ މަތިން މަޖިލީސް މެދުކަނޑާލިއެވެ. އެންމެ ފުރަތަމަ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ ނިމިދިޔަ ހަފްތާ އަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން އިދިކޮޅު ބައެއް މެންބަރުން އަޑުގަދަކުރައްވާތީ ރިޔާސަތުން ނިންމެވީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެއްވުމަށް މަޖިލީސް މެދުކަނޑާލެއްވުމަށެވެ. އޭގެ ފަހުން ދެވަނަ ފަހަރު މަޖިލިސް މެދުކަނޑާލީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

ތިން ވަނަ ފަހަރު މަޖިލީސް ފަށައިގެން މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ފުރުސަތު ދިނުމުން ވިދާޅުވީ ބަންޑާރަ ނައިބު މަޖިލީހުގެ ގަވާއިދާއި ޚިލާފުވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ބަންޑާރަ ނާއިބު ފުރަތަމަ މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ސަބަބާއި މެދު ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ރިފްޢަތު ކުރިން މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި ސަބަބު ސާފުވާން ޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މި ވާހަކަތަކަކީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެހެންކަމުން އެކަމާއި މެދު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިކަމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ މެންބަރުންނަށް ނޯޓިސް ފޮނުވި މައްސަލަ ނޫން އެހެން މައްސަލަ އެއް ހުށަހަޅުއްވާތީ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަންނަވާފައެއް ނުވެއެވެ. މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވެސް ވަނީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ބޭނުންހާ ވާހަކައެއް ދައްކާ ކަަމަށް ފާހަގަކުރައްވާ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. ނަމަވެސް އެއީ ވެސް ނިޒާމީ ނުކުތާއެއްގެ ގޮތުގައި ރިޔާސަތުން ބަލައިގަންނަވާފައެއް ނުވެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ މައްސަލަ އެޖެންޑާ ކުރުމުން ފުރަތަމަ ރިފްޢަތު މަޖިލީހަށް ވަޑައިނުގެންފައި ފަހުން މަޖިލީހަށް ވަޑައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްގެން ވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މަޖިލީހުގައި ނިޒާމް ގެއްލިފައިވާ ކަމަށް އެހެން މެންބަރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެއިން އެއްވެސް ނިޒާމީ ނުކުތާ އެއް ބަލައިގަނެފައެއް ނުވެއެވެ.

މި މައްސަލަ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ހޯމަ ދުވަހު އަލުން ހުށަހަޅަން ފުރުސަތުދެއްވަނީ ބަންޑާރަނައިބަށް މައްސަލަ އަޑު ނީވި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި، 13 މެންބަރުންގެ ސޮޔާއެކުގައެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް އެމަނިކުފާނު ވަނީ ބުރާސްފަތި ދުވަހު އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު 31 މެއިގެ ޖަލްސާގައި ދެއްވާފައިނުވާތީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން، އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން އެދިވަޑައިގަންނަވާކަމަށް ރިފްއަތު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ ވިދާޅުވެފައެވެ. ހޯމަ ދުވަހު މައްސަލަ އަލުން އެޖެންޑާކުރީ އެގޮތުގެ މަތީންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް