Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާރ ކައުންސިލްގެ ފޯރަމް

ބާރ ކައުންސިލުން، ގާނޫނީ ވަކީލުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ސިލްސިލާ ފޯރަމެއް ފަށައިފި

މިއީ ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2023 | ބުދަ 17:28
ބާރ ކައުންސިލުންގެ ފޯރަމް

ބާރ ކައުންސިލުންގެ ފޯރަމް

ދިވެހިރާއްޖޭގެ ބާރ ކައުންސިލުން އިންތިޒާމްކޮށްގެން، މަދަނީ އިޖުރާއަތުގެ ގާނޫނާއި ހެތްކާބެހޭ ގާނޫނު ތަންފީޒުކުރުމުގައި ގާނޫނީ ވަކީލުންނަށް ދިމާވާ ގޮންޖެހުންތަކާއި ހުރި ހުރަސްތައް ދެނެގަތުމަށް ސިލްސިލާ ފޯރަމެއް ފަށައިފިއެވެ.

ބުދަ ދުވަހު ''ބާރ ކައުންސިލް ފޯރަމް-7'' ގެ ނަމުގައި ކުރިއަށް ގެންދެވުނު ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަދަނީ އިޖުރާއަތާ ގުޅޭގޮތުންނެވެ.

ގާނޫނީ ވަކީލުންނާއި މި ދާއިރާގެ ފަންނުވެރިން ބައިވެރިވާ މި ސިލްސިލާ ފޯރަމްތަކުގެ ޒަރީއާއިން، ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ގާނޫނުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި، ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެއެވެ. މެއި މަހާއި ޖޫން މަހަށް ބަހާލައިގެން، ކޮންމެ ދެ ހަފުތާއިން ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްތަކުގައި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، މި ގާނޫނުތަކުގައި ހުރި މައްސަލަތައް ދެނެގަނެވި ޓެބިއުލޭޓް ކުރެވިގެންދާނެއެވެ.

މެއި 25-24 އަދި 08-07 ޖޫންގައި މި ސިލްސިލާގެ ދަށުން ބާއްވާ ފޯރަމްތައް އަމާޒުކުރެވިފައިވަނީ މަދަނީ އިޖުރާއަތާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އަދި 12 ޖޫން 2023ން ފެށިގެން 15 ޖޫން 2023އާ ހަމައަށް ކުރިއަށްގެންދެވޭ ފޯރަމް ޚާއްސަކުރެވިފައި ވަނީ ހެތްކާބެހޭ ގާނޫނަށެވެ.

މީގެ އިތުރުން، 07 ޖޫން 2023 އަދި 11-15 ޖޫން 2023ގައި ފޯރަމް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ބާރ ކައުންސިލުން ބުނެއެވެ.

ގާނޫނީ ފަންނު ރެގިއުލޭޓުކޮށް، ގާނޫނީ ވަކީލުންގެ ކިބައިގައި ކޮންމެހެންވެސް ހުންނަންޖެހޭ ގާބިލުކަމާއި އަޚުލާގީ މިންގަނޑުތައް ކުރިއަރުވައި، ގާނޫނީ ވަކީލުންނަށް، އެ ފަރާތްތަކުގެ މުވައްކިލުންނާއި އާއްމުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތްކުރުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ފަހިކޮށްދިނުމަކީ އެ ކައުންސިލުގެ އެންމެ މުހިއްމު އެއް އަމާޒެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި، މި ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ އުނދަގޫތަކާއި ގޮންޖެހުންތަކުގެ އަޑުއަހައި، ހުރި ކަންބޮޑުވުންތައް ވީހާވެސް ބޮޑަށް ބަލައި، ހައްލުކުރުމަކީ މި ފަދަ ފޯރަމްތަކުގެ ޒަރީއާއިން ބާރ ކައުންސިލުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އެއް ކަންތަކެވެ.

ބާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
27 ފެބުރުއަރީ 2025

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް

27 ފެބުރުއަރީ 2025
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
17 މާރިޗު 2024

ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް

17 މާރިޗު 2024
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް
13 މާރިޗު 2024

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު އާންމުކޮށްފި

13 މާރިޗު 2024
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު އާންމުކޮށްފި
01 ފެބުރުއަރީ 2024

ވިޝާމް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް: ސާލިޙު

01 ފެބުރުއަރީ 2024
ވިޝާމް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް: ސާލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު