Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ ގއ އަދި ފ.އަތޮޅު ސްކޫލުތަކުގެ މަޝްރޫއުތައް

ގދ, ގއ އަދި ފ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދޭ: ސަރުކާރު

ބައެއް މަޝްރޫއުތައް ނިމި ދަރިވަރުންނަށް އެކަމުގެ ފައިދާވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2023 | ހޮނިހިރު 07:53
ގދ, ގއ އަދި ފ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދޭ: ސަރުކާރު

ގދ, ގއ އަދި ފ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދޭ: ސަރުކާރު

ގދ, ގއ އަދި ފ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުން ފޯރުކޮށްދޭ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި މައުލޫމާތު ހިއްސާކޮށްދެއްވާފައެވެ. އަދި ގދ, ގއ އަދި ފ.އަތޮޅު ރަށްތަކުގެ ސްކޫލުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ބައެއް މަޝްރޫއުތައް ނިމި ދަރިވަރުންނަށް އެކަމުގެ ފައިދާވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ގދ.ރަށްތަކުގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބަލާއިރު، ތިނަދޫ އަބޫބަކުރު ސްކޫލުގެ ސެން ކްލާސްރޫމް، ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފާހަނާބަރި ހެދުން، ހޯނޑެއްދޫ ސްކޫލުގެ 2 ކްލާސްރޫމް، ލެބް އައިސީޓީ އިމާރާތް، ނަޑެއްލާ 02 ކްލާސްރޫމް އަދި ސްޓާފްރޫމް އިމާރާތް ކުރުން، ރަތަފަންދޫ ސްކޫލުގެ 06 ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ފިޔޯރީ ސްކޫލުގެ 06 ކްލާސް އިމާރާތް ވަނީ ނިމިފައެވެ. ގދ. ފަރެސްމާތޮޑާ ސްކޫލް މަލްޓިޕާޕަސް ހޯލް އަދި 05 ކްލާސްރޫމް ރޭވިފައިވާއިރު، ފަރެސްމާތޮޑާ ސްކޫލުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ގައްދޫ ސްކޫލުގެ ލެބޯރެޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމި، މަލްޓި ޕާޕަސް ހޯލާއި އޮފީސް އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ވާދޫ ސްކޫލުގެ އެޑްމިން އިމާރާތް، ވާދޫ ޖަމާލުއްދީން ސްކޫލުގެ 4 ކްލާސްރޫމް އިމާރާތް އަދި މަލްޓިޕަރޕަސް ހޯލް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ގއ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮލަމާފުށި ގއ.އަތޮޅު މަދަރުސާ މަލްޓި ޕާޕަސް ހޯލް، ދެއްވަދޫ ސްކޫލުގެ ސުލްތާން މުހައްމަދު ސްކޫލު 2 ބުރި އިމާރާތް ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ގއ. ކަނޑުހުޅުދޫ ސްކޫލު މަލްޓިޕާޕަސް ހޯލް މަސައްކަތް ދަނީ ކުރަމުންނެވެ.

މިއުވާން ވިދާޅުވީ ގެމަނަފުށި ސްކޫލު 10 ކްލާސްރޫމް ނިމިފައިވާ ކަމަށާއި، ކޮނޑޭގެ 04 ކްލާސްރޫމްގެ މަސައްކަތް، ދާންދޫ ސްކޫލުގެ މަލްޓި ޕާޕަސްހޯލް، ނިލަންދޫ ސްކޫލުގެ 4 ކްލާސްރޫމްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. ވިލިނގިލި 12 ކްލާސްރޫމް ތަރައްގީކުރާއިރު، ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ފ.އަތޮޅު ރަށްތަކުގެ ސްކޫލުތަކަށް އިޝާރާތް ކުރައްވައި މިއުވާން ވިދާޅުވީ ނިލަންދޫގައި ފ.އަތޮޅު ތައުލީމީ މަރުކަޒުގެ 8 ކްލާސް، 2 ލެބް އަދި މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފީއަލީ ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތާއި ބިލެއްދޫ ސްކޫލުގެ ސައިންސް ލެބް އަދި މަލްޓި ޕާޕަސް ހޯލްގެ މަސައްކަަތް ނިމިފައިވާ ކަމަށެވެ.

ސްކޫލުއެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު