Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

މުއިއްޒު ދޮގުބަޔާން ދެއްވި މައްސަލަ ސާބިތުނުވާކަމަށް ޙުކުމްކޮށްފި

އާބިޓްރޭޝަންގައި މުއިއްޒު ވާހަކަ ދެއްކެވީ ފެންނަން އޮތް ޙަގީގަތެއް އޮޅުވާލައިގެން އިބާރަތް ކޮށްގެންކަމަށް ދައުލަތުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2023 | ބުރާސްފަތި 08:02
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާނެއް ދެއްވާފައިވާ ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ހުކުމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތީ މި މައްސަލައިގެ ޙުކުމް ކުރުމެވެ.

Advertisement - newsAdvertisement

ޙުކުމުގައި ޝަރީއަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހުށައެޅިފައިވާ މައްސަލައަކީ ޖިނާއީ ތަހުގީގެއް ހިންގައި އޭގެ މައްޗަށް ދައުވާ އުފުލި މައްސަލައެއްކަން ފާހަގަ ކުރައްވައި އެ ދައުވާ ސާބިތު ކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ޝަރީއަތުން ފާހަގަކުރެއެވެ.

އެހެންނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ވިޓްނަސް ސްޓޭޓްމަންޓަކީ މުއިއްޒު ދިން ބަޔާނެއްކަން އަދި އޭގައިވާ ސޮޔަކީ މުއިއްޒުގެ ސޮއިކަން ކަށަވަރު ކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެއީ ހަގީގަތުގައިވެސް މުއިއްޒު ގެ ވިޓްނަސް ސްޓޭޓްމަންޓެއްކަން އެކަށީގެންވާ މިންވަރަށް ދައުލަތަށް ޔަޤީން ކޮށްދެވިފައިނުވާކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ ނޫމަޑިއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ.

ނަމަވެސް ދައުލަތުން "ޝެޑިއުލް" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ހެކިވެރިން ފާހަގަކޮށްފައިވާ ކަންކަމާ ފުށުއަރާކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.  

ގާޒީ ވިދާޅުވީ، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.  

އޭގެ އިތުރުން، އީވައިސީގެ މިކަމާ ގުޅޭ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެ ބައްދަލުވުމުގައި މުއިއްޒު އަދާކުރެއްވި ދައުރެއްވެސް، އަދި ދެއްކެވި ވާހަކައެއްވެސް ފެންނަން ނެތް ކަމަށާއި، އޭގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އެއްވެސް ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި ހުށައެޅިފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

މައްސަލައިގެ ޚުލާސާ:

މި މައްސަލައިގައި ދައުލަތުން ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލާގައި، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް ބުނެފައެވެ.

އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ނޫމަޑިއަށް ލަގްޜަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ހެކިވެރިންގެ ހެކިބަހަށް ބަލާއިރު، ނޫމަޑީގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދާކަމާއި، އެކަން މުއިއްޒުއަށްވެސް އަންގާފައިވާކަން އެނގޭކަމަށް ދައުލަތުން ބުނެއެވެ.

ދިފާއީ ހެކިންގެ ހެކިބަހަށް ބަލާއިރު، ނޫމަޑީގެ އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައި ނުވާ ފަރާތެއްވެސް ހެކީގެ ގޮތުގައި ހުށައަޅާފައިވާކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

މުއިއްޒުގެ ސޮޔާއި ގުޅޭގޮތުން ހުށައެޅި ދިފާއީ ހެކިވެރިޔާއާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އޭނާއަށް މުއިއްޒުގެ އެކި ސޮއިގެ ތަފާތުތައް ބުނެދޭން ނޭނގުނުކަމަށެވެ. އޭނާއަކީ ސާފުކޮށް ލޮލަށް ފެންނަން އޮތް ކަމެއްގައިވެސް ސީދާ ބަހެއް ނުދެވުނު ފަރާތެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އާބިޓްރޭޝަންގައި މުއިއްޒު ވާހަކަ ދެއްކެވީ ފެންނަން އޮތް ޙަގީގަތެއް އޮޅުވާލައިގެން އިބާރަތް ކޮށްގެންކަމަށެވެ.

ދިފާއުން ބުނެފައިވަނީ، މުއިއްޒު ދޮގު ބަޔާން ދިންކަމަށް ބުނެ އެ ބަޔާނާ ގުޅޭ ކަންކަން ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކަކީ އިނގިރޭސި ބަހުން ލިޔެފައިވާ ވިޓްނަސް ސްޓޭޓްމަންޓުތަކެއްކަމަށާއި، އެ ލިއުމެއްގައި ސޮއިކޮށްފައިވަނީ މުއިއްޒުކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން، ދޮގު ބަޔާނެއް ދިނީ ހުވައެއްގެ މަތީގައިކަމަށްވާ ޙާލަތާއި، އަދި ހުވައެއްގެ މަތީގައިކަމަށް ނުވާ ޙާލަތުގައި ދައުވާ އުފުލަންޖެހޭ މާއްދާ ތަފާތުވާނެ ކަމަށް ދިފާއުން ބުނެއެވެ.

މި މައްސަލައިގައި ދައުލަތުން އެ ފާހަގަކުރާ ބަޔާން ދިނީ އެފަދަ ހުވައެއްގެ މަތީގައިކަން އެނގެން ނެތަތީ ޤާނޫނުލްއުޤޫބަތުގެ 520 ވަނަ މާއްދާގެ ބަދަލުގައި ދައުވާ ކުރަން ޖެހެނީ 521 ވަނަ މާއްދާގެ ދަށުން ކަމަށް ދިފާއުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު