Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިނޮޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު

ކިނޮޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ

މިއީ 46.55 މިލިއަން ރުފިޔާގެ މަޝްރޫއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2023 | އާދީއްތަ 11:59
ކިނޮޅަހު ބަނދަރު

ކިނޮޅަހު ބަނދަރު

ރ. ކިނޮޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

މިމަޝްރޫއު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 46.55 މިލިއަން ރުފިޔާއަށެވެ.

Advertisement - newsAdvertisement

678 މީހުންގެ އާބާދީގެ ކިނޮޅަހު ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަންކުރާ 3 އޮޑި އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ އެއް އޮޑި އޮވެއެވެ. ދަނޑުވެރިކަމަށް ބަލާއިރު؛ ކައުންސިލުން ދޫކޮށްފައިވާ 4,000 އަކަފޫޓުގެ 62 ބިމުގައި މިހާރުވެސް ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދާކަމަށް ކިނޮޅަހު ކައުންސިލުން ބުނެއެވެ.

ކިނަޅޮހަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ.

އެގޮތުން ދެ މޫސުން ބަދަލުވާއިރު ރަށުގެ ނެރަށް ވެލި ވަނުމުގެ ސަބަބުން ބަނދަރު ތިލަވެ، ނެރު ބެދުމަކީ މީގެ ކުރިން މި ރަށުގައި އާންމު ކަމެކެވެ. ނަމަވެސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ކުރިއަށްވުރެ ޖާގަ ތަނަވަސް, ޒަމާނީ، ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާ އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށު ސަރަހައްދުގައި މިހާރު ގްރޮއިންސް ޖަހާފައިވުމާއެކު، ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިބަނދަރާއެކު ކިނޮޅަހު ރައްޔިތުންނަށް ލަފާފުރުމުގައި ގިނަ ލުއިފަސޭހަތައް ލިބޭނެ ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބ،ި ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން 31,726 ކޮޑިމީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ،ި 15,252 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއ،ި 1,920 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 6,100 ކިއުބިކްމީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއ،ި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 172.30 މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކުރުމާއ،ި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 130 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި އަދި 1884 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއ،ި ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި ބީކަން ހަރުކުރުމާއ،ި މޫރިންގ ބްލޮކްސް ހަރުކުރުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ހިމެނޭކަމަށެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެމްޓީސީސީރ.ކިނޮޅަސް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު