Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް

ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ވެފައިވަނީ އެކި ދާއިރާތަކުން އައު އުފެއްދުންތައް ކުރިއަރުވާ ޕްލެޓްފޯމަކަށް: ވައިސް ޗާންސެލަރު

އިލްމު ފެތުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަ މުއައްސަސާއަކަށް އައިޔޫއެމްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 08:16
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ވެފައިވަނީ އެކި ދާއިރާތަކުން އައު އުފެއްދުންތައް ކުރިއަރުވާ ޕްލެޓްފޯމަކަށް ކަމަށް އެޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ވިދާޅުވީ ރިސާޗަރުން މި ކޮންފަރެންސަށް ވަޑައިގަންނަވަނީ އަގުހުރި ތަޖުރިބާތަކާއި މައުލޫމާތުތަކާއި ހިކުމަތްތަކާ އެކު ކަމަށެވެ. އަދި އެ ބޭފުޅުންގެ ދިރާސާތަކާއި މަޝްވަރާތަކުން، ބައިވެރިންނަށް ނުހަނު ފައިދާތައް ކުރާ ކަމަށެވެ. އެގޮތުން މި އަހަރުގެ ކޮންފަރެންސުން ވެސް ބައިވެރިންނަށް، މުޖުތަމައު އަށް ފައިދާކުރުވަނިވި ކަންކަން ދަސްވާނެ ފަދަ ތަޖުތިބާއެއް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ވައިސް ޗާންސެލަރ ވިދާޅުވީ މަސައްކަތް ކުރަނީ އައިޔޫއެމްގެ ތަސައްވުރާ އެއްގޮތަށް ކަމަށާއި، ގައުމާއި އިސްލާމްދީނުގެ އިލްމު ފެތުރުމަށް އިސްކަންދޭނެ ކަމަށެވެ. އަދި އިލްމު ފެތުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަ މުއައްސަސާއަކަށް އައިޔޫއެމްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވައިސް ޗާންސެލަރ ވިދާޅުވީ މުޖުތަމައުގައި ކިޔަވައިދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމުގައި ދިރާސާތަކަށް އިސްކަން ދޭންޖެހޭ ކަމަށެވެ. މާސްޓާސް، ޕީއެޗްޑީ އަދި އެކި ލެވަލްގެ ގިނަ ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަކުރައްވައި ވައިސް ޗާންސެލަރ ވިދާޅުވީ ކޮންމެ އަހަރަކު ބާއްވާ މި ކޮންފަރެންސްގެ އެހީގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އިތުރު އިލްމާއި ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.

މީގެ ކުރީގެ އަހަރުތަކުގައި ވެސް ކުރިއަށް ގެންދިޔަ ކޮންފަރެންސްތަކަކީ ވަރަށް ކާމިޔާބު އިލްމީ ކޮންފަރެންސްތަކެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިލްމީ ބޭފުޅުން ގިނަ މައުލޫމާތުތައް ހިއްސާކޮށް، އަހަރުތަކުގައި ވެސް މުހިންމު ކީނޯޓު ތަގުރީރު ތައް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. ވައިސް ޗާންސެލަރ ވިދާޅުވީ ކޮންފަރެންސްގައި ވާހަކަދައްކަވާ ބޭފުޅުން ހިއްސާކޮށްދެއްވި މައުލޫމާތާއި، ތަޖުރިބާގެ ސަބަބުން ބައިވެރިންނަށް ހިތްވަރު ލިބިގެންދިޔަ ކަމަށެވެ. އަދި އެއީ ދާއިރާއިން ކުރިއަށް ދިއުމަށާއި، އިތުރު ދިރާސާތައް ހެދުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ވެފައިވަނީ އެކި ދާއިރާތަކުން އައު އުފެއްދުންތައް ކުރިއަރުވާ ޕްލެޓްފޯމަކަށް ކަމަށެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބާއްވާ ކޮންފަރެންސްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމާށާއި، އިތުރަށް އިލްމީ ގާބިލް ބޭފުޅުން ކޮންފަރެންސްއަށް ގެނެސްދެއްވާނެ ކަމަށެވެ. އަދި މިއަދު އިލްމު ކުރިއެރުވުމުގައި ދިރާސާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެމަގަށް އައިޔޫއެމްއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ވައިސް ޗާންސެލަރ ދެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު