Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި މައްސަލަ: އިފްތިތާޙީ ބަޔާން ހުށަހެޅުމަށް ޔާމީނަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދެއްވައިފި

ޔާމީނާ ދެކޮޅަށްވެސް ދައުލަތުން ވަނީ 15 ޝަފަހީ ހެއްކާއި 67 ކިތާބީ ހެކި ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2023 | އާދީއްތަ 07:32
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރ ފުއްގިރި ހިޔާނަތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވެވުމެވެ.

އެ ދުވަހު ޔާމީނުގެ ފަރާތުން ވަނީ އިފްތިތާޙީ ބަޔާން އިއްވުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ވުމާއެކު، ގާޒީ އެ ދުވަހު ވަނީ އެ ފުރުސަތު ދެއްވަވާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އިފްތިތާހީ ބަޔާން އިއްވުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާކަމަށް ބަޔާން ކުރައްވައި ޔާމީނުގެ ފަރާތުން ސިޓީއެއް ހުށައަޅުއްވާފައިވާ ކަމަށާއި، ނަމަވެސް މިހާރު އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށެވެ.

އިފްތިތާޙީ ބަޔާނަކީ ދިފާއު ބިނާ ކުރާނެ ގޮތް ބަޔާންކުރާ ބަޔާނެއް ކަަމަށާއި، އެކަމަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ވިދާޅުވެ ގާޒީ ވަނީ އިފްތިތާޙީ ބަޔާން އިއްވެވުމަށް ދަންނަވާފައެވެ.

އެހެންނަމަވެސް އެންމެ ފަހުން އޮތް އަޑުއެހުމަށްފަހު ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިލައްވާފައިނުވާކަމަށް ވިދާޅުވެ ޔާމީނު ވަނީ އިފްތިތާޙީ ބަޔާން އިއްވެވުމަށް އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ޔާމީނުގެ ވަކީލުންވެސް ވަނީ އިފްތިތާޙީ ބަޔާން އިއްވެވުމަށް އިތުރު ވަގުތަށް އެދިލައްވާފައެވެ.

ގާޒީ ވިދާޅުވީ، ވަކީލުންނާ ބައްދަލު ކުރުމާ ގުޅޭގޮތުން ކަރެކްޝަންސްގެ ލިއުމެއް ދައުލަތުން ހުށައަޅާފައިވާ ކަމަށާއި، މި މަސް ތެރޭގައިވެސް 3 ފަހަރު ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ. ވުމާއެކު، އިފްތިތާޙީ ބަޔާން ކުރިއަށް ގެންދެވުމަށް ގާޒީ ދެންނެވިއެވެ.

އެއާއެކު، ފުރަތަމަ ދައުލަތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ވަނީ ކުށް ކޮށްގެން ހޯދާފައިވާ މަންފާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށްވެސް އެދިފައެވެ. އެއީ 2،295،000 އެމެރިކާ ޑޮލަރެވެ.

ޔާމީނާ ދެކޮޅަށްވެސް ދައުލަތުން ވަނީ 15 ޝަފަހީ ހެއްކާއި 67 ކިތާބީ ހެކި ހުށައަޅާފައެވެ. އަދި މައްސަލަ ކުރިއަށް ދަނިކޮށް ޕެންޑޯރާ ޕޭޕާރސް އިން ލީކުވި ބައެއް މައުލޫމާތު އައު ހެކީގެ ގޮތުގައި ދައުލަތުން ވަނީ ކޯޓަށް ހުށައަޅާފައެވެ.

އެއަށްފަހު ދިފާއަށް އިފްތިތާޙީ ބަޔާން އިއްވުމަށް ގާޒީ ފުރުސަތު ދެއްވިއެވެ.

އެ ފުރުސަތުގައިވެސް ވަކީލުން ވިދާޅުވީ، ޔާމީނާ މަޝްވަރާ ކުރުމެއް ނެތި އިފްތިތާޙީ ބަޔާން ހުށައެޅުމަށް ދަތި ކަމަށެވެ.

ޔާމީނުވެސް ތަކުރާރުކޮށް ވަނީ އިފްތިތާޙީ ބަޔާން ހުށައެޅުމަށް އަދި ފުރުސަތެއް ދެއްވުމަށް އެދިލައްވާފައެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ދައުލަތުން ވަނީ ވަކީލު ބައްދަލުވުމަށް ފަހު ފުރުސަތެއް ދެއްވުމަށްފަހުވެސް އިފްތިތާޙީ ބަޔާން ކުރިއަށް ގެންދިއުމަށް ދިފާއަށް ފުރުސަތު ދިނުމާމެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ.

ވުމާއެކު ގާޒީ ވަނީ އެ ފުރުސަތު ދެއްވަވައި އަޑުއެހުން ކުރުކޮށްލައްވާފައެވެ.

ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ޔާމީނުގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވުމާއި ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު