Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި މައްސަލަ: ސަން ކޮންސްޓްރަކްޝަނުންވެސް އެދުނީ ދައުލަތުން ފަހުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް

މި މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެ ކުންފުނީގެ ފަރާތުން އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2023 | އާދީއްތަ 05:28
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ރ ފުއްގިރި ހިޔާނަތުގެ މައްސަލައިގައި ސަން އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

Advertisement - newsAdvertisement

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާާތާއި ގުޅިގެން އެ ކުންފުނިން ވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކައި، 1،117،000 އެމެރިކާ ޑޮލަރުގެ ޗެކަށްވާ ފައިސާ ޔާމީނަށް ރައްދުކޮށް، މަނީ ލޯންޑަރިންއަށް ފަށަލަކޮށްފައެވެ.  

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 15 ޝަފަހީ ހެއްކާ 67 ކިތާބީ ހެކި ހުށަހަޅާފައެވެ. އަދި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ޕެންޑޯރާ ޕޭޕަރސް އިން ލީކުވި މައުލޫމާތުތަކުން ލިބުނު އައު ހެކިތަކެއް ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

އެއަށްފަހު ދައުވާލިބޭ ފަރާތުން އިފްތިތާޙީ ބަޔާން ހުށައަޅުއްވާފައިވާއިރު، މި މައްސަލަ ކޯޓަށް ހުށަހަޅައި ޝަރީއަތް ހިނގަމުން ދަނިކޮށް ދައުލަތުން ހުށަހަޅާފައިވާ އިތުރު ލިޔެކިޔުންތައް ޝަރީއަތަށް ބަލައިނުގަތުމަށް ދައުވާލިބޭ ފަރާތުން ހުށަހަޅާފައިވެއެވެ.

އަދި މި މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެ ކުންފުނީގެ ފަރާތުން އެދިފައިވެއެވެ.

ނަމަވެސް ހެކި ހާމަ ކުރުމުގެ މަސްއޫލިއްޔަތު ދެމިގެންދިއުމަކީ ދައުލަތަށްވެސް ދިފާއަށްވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ލިބިދޭ ޙައްޤެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ދިފާއުގެ އެ ހުށަހެޅުމާމެދު ޤާނޫނީ އަސާސެއް ދެއްކެވިފައިނުވާ ކަމަށެވެ. މި ފުރުސަތުގައި އެ ހެކިތައް ބަލައިނުގަންނަންޖެހޭ ޤާނޫނީ އަސާސެއް އޮތްނަމަ، އެކަމެއް ފާހަގަކުރެއްވުމަށް ގާޒީ ވިދާޅުވިއެވެ.

އެ ނުކުތާގައި ދެފަރާތުން ދެއްކެވި ވާހަކައަށްފަހު ގާޒީ ވިދާޅުވީ، ދިފާއުގެ އެ ހުށަހެޅުމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި ކުންފުންޏާއެކު ދެން ދައުވާ އުފުލާފައިވާ ސަން އިންވެސްޓްމަންޓަށް ކުރާ ދައުވާއާ ގުޅިގެންވެސް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު