Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެމްކޯއިން ބިންލައިނަރ ވިއްކާ އަގުތައް

ވެމްކޯއިން ބިންލައިނަރ ވިއްކާ އަގުތައް އާންމުކޮށްފި، އާންމު ސައިޒުގެ ކޮތަޅު ބޮނޑިއެއް 35ރ އަށް

ކުނި އެޅުމަށް ހާއްސަ "ބިންލައިނަރ" ވިއްކަން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 11:01
ކުނި ނެރެފައި

ކުނި ނެރެފައި

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނަރ ނުވަތަ ކުނި އުކާލާ ކޮތަޅު ވިއްކާ އަގުތައް އެ ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

ވެމްކޯއިން ކުރި އިއުލާނުގައި ވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ވާގޮތަށް، ކުނި އެޅުމަށް ހާއްސަ "ބިންލައިނަރ" ވިއްކަން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެ ކަމަށެވެ. ވެމްކޯގެ ކަސްޓަމަރ ފްރޮންޓް އޮފީސްތަކުން އެ ކޮތަޅުތައް ގަންނަން ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އާއްމު ސައިޒު ނުވަތަ L ސައިޒު [17 އިންޗީ ދިގު] ގެ ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެއެވެ. އޭގެ އަގަކީ 35ރ އެވެ. ސައިޒު XXL [27 އިންޗި ދިގު]ގެ 100 ކޮތަޅު ބޮނޑިއާއި XXXL [48 އިންޗީގެ] ގެ 50 ކޮތަޅު ބޮނޑި ވިއްކަން ހަމަޖައްސާފައިވަނީ 165ރ އަށެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވެ. އެއާއެކު އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންގޮސްފައިވަނީ ކުނި އަޅާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ދައްކަންޖެހޭތީއެވެ. ނަމަވެސް ގާނޫނު ބުނާގޮތުން، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގިނަމަވެސް، ކުނި މެނޭޖްކުރުމާ ގުޅޭ އިދާރާއިން ފޯރުކޮށްދޭ ބިންލައިނަރއިން ފީ ނެގުން އިސްތިސްނާވާނެއެވެ. އަދި ރޯ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅުންވެސް ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެއެވެ.

ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާނެއެވެ. އެއީ ކަޅުކުލައާއި ފެހިކުލައިގެ ކޮތަޅެވެ. ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި، ފެހި ކޮތަޅުގައި ބަންދުކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އެދެއެވެ. އަދި ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ބުނީ، އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުން، ބުރާސްފަތި ދުވަހުން ފެށިގެން ބިންލައިނަރ ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"

"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު