Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނީގެ މައްސަލަ

ކުނީގެ މައްސަލަ ހައްލުކުރުމަށް ކޮމިއުނަލް ބިންތަކެއް ކަނޑައެޅުމުގެ ވިސްނުން އެބަ ހުރި - ވެމްކޯ

ކުނީގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލަ އެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2023 | ހޮނިހިރު 07:24
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު

ކުނީގެ މައްސަލަ ހައްލުކުރުމަށް ކޮމިއުނަލް ބިންތަކެއް ކަނޑައެޅުމުގެ ވިސްނުން އެބަ ހުރި ކަމަށާއި އެކަމާއި މެދު ގޮތެއް ނިންމާނީ ކަމާއި ބެހޭ ފަރާތްތަކާއި އެކުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯ އިން ބުނެފިއެވެ.

ރާއްކެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްސްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ. ކުނީގެ މައްސަލަ ހައްލުކުރަން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގައި އިމާރާތްތައް ބިނާކޮށްފައިވާ ގޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސަޤާފަތުގެ ސަބަބުން ކުންޏަށް ޒިންމާވުމުގެ ސިފަ އާއްމުންގެ ކިބައިގައި އަށަގަނެފައި ނެތް ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުނި މަދު ސާފު މުޖުތަމައު އެއް ބިނާ ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުނީގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލަ އަކަށް ވުމުން ކުނި މެނޭޖްކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ގޮންޖެހުންތައް ދިމާވާކަން ސިރާޖުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނިޒާމަށް ގެންނަ ބަދަލުތަކުގެ އަސަރު ފެންނަން ވެސް ދުވަސްކޮޅެއް ނަގާނެކަމަށް ސިރާޖް ވިދާޅުވިއެވެ. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ކުނި މެނޭޖްކުރުމުގެ ނިޒާމުން އެކަށީގެންވާ ބަދަލެއް ފެންނާނެ ކަަމުގެ އުންމީދު އެބަ އޮތް ކަމަށް ސިރާޖް ވިދާޅުވިއެވެ. މީގެ އިތުުރުން މާލޭގެ ކުނި ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތަށް ބަލާ އިރު ކުނި ނަގަނީ ގޭގެ ދޮރުމަތިން ކަމަށާއި އެއީ ދުނިޔޭގެ އެހެން ތަންތަނާއި އަޅާ ބަލާ އިރު ވަރަށް ތަފާތު ގޮތެއް ކަމަށް ސިރާޖް ވިދާޅުވިއެވެ. ގިނަ ގޭގޭގައި ކުނި އަޅާނެ ޑަސްބިނެއް ބަހައްޓާނެ ޖާގަ ވެސް ތިރީ ފަންގި ފިލާގައި ނުހުންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ގޭގެ ތިރީގައި ކުނި ބެހެއްޓުމަކީ ބައެއް ފަހަރު އެ ތަންތަން ހަޑިވާ ކަމަކަށް ވުމުން އެއީ ގޭބިސީތަކުގެ ކަންބޮޑުވުމެއް ކަަމަށް ސިރާޖް ވަނީ ވިދާޅުވެފައެވެ.

އެކަން ހައްލުކުރުމަށް ގެތައް އިމާރާތްކުރާ އިރު ކުނި މެނޭޖް ކުރެވޭނެ ގޮތަށް އިމާރާތްކުރާކަން ޔަގީން ކުރަން މޮނިޓަރކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވެމްކޯގެ ވިސްނުން ހުރީ ކޮމިއުނަލް ބިންތަކެއް ކަނޑައެޅުމަށް ފަހު އެތަންތަނަށް ކުނި އެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް ސިރާޖް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާއި މެދު ގޮތެއް ނިންމާނީ ކަމާއި ގުޅޭ ސްޓޭކްހޯލްޑަރުންގެ ބަހެއް ހޯދުމަށް ފަހުގައި ކަމަށް ސިރާޖް ވަނީ ވިދާޅުވެފައެވެ.

އެކަމުގެ ސަބަބުން ކުނިނެގުމަށް ގޭބިސީތަކަށްދާ ވަގުތު ގެއަށް ނުވަދެވޭ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިރާޖު މިހެން ވިދާލުވެފައި ވާއިރު މީހުން ނޫޅުމުގެ ސަބަބުން ކުނި ނެރެވޭނެ އިންތިޒާމް ހަމަނުޖެހުމަކީ ވެމްކޯ އަށް ދިމާވާ ގޮންޖެހުމެކެވެ. އަދި ކުނި ނެރެން އޮންނަ ގަޑިއަށް ވުރެ މާބޮޑަށް ލަހުން ނުވަތަ ކުރިން ކުނި ނެރުމާއި، މަގުމަތީގައި ކުނި ބެހެއްޓުމުގެ މައްސަލަ ދަނީ ފެންމަތިވަމުންނެވެ. ވެމްކޯ އިން އިލްތިމާސްކުރަނީ ގޭގެ އެންމެ ތިރީ ފަންގިފިލާ އަށް ކުނި ނެރެފައި ބެހެއްޓުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު