Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގެ ލިސްޓުން ނާގަލްސްމަން އާއި އެންރީކޭ ބޭރުވެއްޖެ، ޕޮޗެޓީނޯއާއެކު މަޝްވަރާތައް ކުރިއަށް

22 އެޕްރީލު 2023 | ހޮނިހިރު 01:45

ޗެލްސީގެ ކޯޗުކަމާ ނާގަލްސަމަން ހަވާލުވާން ބޭނުންނުވީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ނުލިބޭތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2023 | ހޮނިހިރު 01:45
ނާގެލްސްމަން: ބަޔާންއާއެކު ކަންކަން ފަސޭހަކުރާކަށް ބޭނުމެއްނޫން

ނާގެލްސްމަން: ބަޔާންއާއެކު ކަންކަން ފަސޭހަކުރާކަށް ބޭނުމެއްނޫން

ޗެލްސީގެ ކޯޗަކަށް ގެންނަން ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓުން ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން އާއި ސްޕެއިންގެ ލުއިސް އެންރީކޭ ބޭރުވީއިރު، މައުރީސިއޯ ޕޮޗެޓީނޯއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެންމެ ފަހުން ޗެލްސީގެ ކޯޗުކަމުގައި ހުރި ގްރަހަމް ޕޮޓާ ވަކި ކުރުމަށްފަހު، އެ މަގާމަށް ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑު ހަމަޖެއްސީ ވަގުތީ ގޮތުންނެވެ. އެއީ މި ސީޒަންގެ ނިޔަލަށެވެ. އެއަށްފަހު ޗެލްސީން އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ނާގަލްސްމަން، އެންރީކޭ އަދި ޕޮޗެޓީނޯގެ ނަން އޮތެވެ. ނަމަވެސް ޗެލްސީގެ ލިސްޓުން ނާގަލްސްމަން ބޭރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނީ އޭނާއާއެކު ކުރި މަޝްވަރާ އިން އަލި މަގެއް ނުފެނުމުންނެވެ. ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައިރު، ނާގަލްސްމަން އެ މަގާމާ ހަވާލުވާން ބޭނުންނުވީ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޖަރުމަނުގެ ނޫހަކުން ނާގަލްސްމަނާ ސުވާލު ކުރުމުން އޭނާ ބުނީ، ކަމެއް ކެންސަލް ކުރަން ޖެހޭނީ އެހެން ކަމަކަށް ކޮމިޓުވެފައި ކަމަށެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން ޗެލްސީގެ ކޯޗުކަމާ ނާގަލްސަމަން ހަވާލުވާން ބޭނުންނުވީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ނުލިބޭތީ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި ޗެލްސީގެ ފަރާތުން ފެންނަމުން އަންނަ ކުޅުމަށް ބަލާއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން އެ ޓީމު ނުފެނުމަކީ ގާތް ކަމެކެވެ.

ނާގަލްސްމަންގެ އިތުރުން ކުރިން ސްޕެއިން ޤައުމީ ޓީމުގެ ކޯޗަކަށް ހުރި އެންރީކޭ ވެސް ވަނީ އެ ލިސްޓުން ބޭރުވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަލުން އަނބުރާ ކުލަބު ފުޓުބޯޅަ އަށް އަންނަން ބޭނުންވާކަން ވެސް ހާމަކޮށްފައިވާ އެންރީކޭ ޗެލްސީގެ ލިސްޓުން ބޭރުވީ އެ ކުލަބުން ބޭނުންވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން މިހާރު މަޝްވަރާ ކުރަމުން އަންނަނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް އިރުޝާދު ދީފައިވާ ޕޮޗެޓީނޯއާ އެވެ. އެގޮތުން އެކަމުގެ މަޝްވަރާތައް މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ ކަމަށާއި، ކުރިއަށް އޮތް ދުވަަސްތަކުގައި އިތުރު މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަތީޖާ ދަށްވުމުގެ ސަބަބުން ޗެލްސީން ވަނީ ގާތްގާތުގައި ކޯޗުން ވަކި ކުރަން ފަށައިފަ އެވެ. ލަމްޕާޑު ވަކި ކުރުމަށްފަހު އެ މަގާމަށް ގެނައީ ތޯމަސް ޓުޗެލް އެވެ. ނަމަވެސް ކުލަބުގެ ވެރިން ބަދަލުވެ އޭނާ ވަކިކޮށް ގެނައީ ޕޮޓާ އެވެ. ޗެލްސީ މިހާރު އޮތީ ޕްރިމިއާ ލީގުގެ 11 ވަނައިގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް