Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެން ސަސްގެ މައްޗަށް އީގަލްސް އިން ފުރިހަމަ މޮޅެއް

އީގަލްސް އިން މެޗު ކާމިޔާބުކުރީ 4-2 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 20:12
ސަސް އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން

ސަސް އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އޭގައި ކުލަބް އީގަލްްސް އާއި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ކުޅުނު މެޗު ފަހަތުން އަރައި އީގަލްސް އިން ކާމިޔާބުކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު ސަސް އޮތީ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ބަލިކޮށްފަ އެވެ. މިއީ މުބާރާތުގައި އީގަލްސްގެ ފުރަތަމަ މެޗެވެ. މެޗުގައި ސަސް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަ ދިމާވީ، އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ. އީގަލްސްއިން މެޗު ކާމިޔާބުކުރީ ސަސް އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށެވެ. މެޗު ފަށައިގެން ދިހަ ވަނަ މިނެޓުގައި ސަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ ސަސްގެ އައިހަމް އަޙުމަދު ނަގައިން ހުރަހަކުން ބޮލުން ބޯޅަ ގޯލަށް ވައްދާލަައިގެން ދަގަނޑޭ ޖަހައިދިން ލަނޑެކެވެ. އޭގެ ފަހުން އީގަލްސް އިން ވެސް ވަނީ ސަސްގެ އޭރިޔާ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފަ އެވެ. އީގަލްސް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް 25 ވަނަ މިނެޓުގައި އީގަލްސްގެ ގޯލް ކީޕަރު މުޙައްމަދު ޝަފީއު ދަގަނޑޭ އަށް ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެއަނިޔާއާއެކު ދަގަނޑޭ ދަނޑުން ބޭލިނަމަވެސް, އައިހަމް އަހުމަދު ޕެނަލްޓީ ކާމިޔާބުކޮށް ލީޑް ފުޅާކޮށްދިނެވެ. ދަގަނޑޭގެ ބަދަލުގައި ކުޅެން ނިކުތީ އަލީ ނަސޫހް ރަޝީދު އެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފުގައި އީގަލްސް އިން ވަނީ އަނިޔާގައިހުރި އަޙުމަަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 22 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ރިޒޭ ނަގައިދިން ހުރަހެއްގައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން އީގަލްސް އަށް ފަރަގު ކުޑަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ފްރަންކާ އިވާން ކާލޯސް އެވެ. އޭގެ ފަހުން އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއްގައި ރިޒޭ ފޮނުވާލި ނުރައްކާތެރި ބޯޅަ ސަސްގެ ގޯލް ކީޕަރު ޔޫސުފް މީސަމް ވަނީ މަތަކޮށްފަ އެވެ. އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 72 ވަނަ މިނެޓުގަ އެވެ. އެއީ އިބްރާހީމް މުބީން އަޙުމަދު ރަޝީދު (މުއްކި) ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އިބްރާހީމް މަހުދީ ޙުސެއިން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އިއްބެ އީގަލްސްއަށް ބަދަލުވެ ޖެހި ފުރަތަމަ ލަނޑެވެ. އޭގެ ތިން މިނެޓު ފަހުން އީގަލްސް އަށް ލީޑު ނަގައިދިނީ އިމްރާން ނަޝީދު އެވެ. އެއީ ޢަބްދުﷲ ހަނީފް (ބެންޖޯ) ދިން ބޯޅައެއް ތިރިތިރިން ގޯލަށް ވައްދާލައިގެންނެވެ. އޭގެ ފަހުން 89 ވަނަ މިނެޓުގައި އީގަލްސް އަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެއީ ސަަސްގެ ގޯލްކީޕަރު ޔޫސުފް އީގަލްސްގެ ރިޒޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެއާއެކު ޔޫސުފަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ. އީގަލްސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް މެޗުން ފުރިހަމަ މޮޅެއް ހޯދައިދިނީ ރިޒޭ އެވެ.

މުބާރާތުގައި އީގަލްސް އަށް ދެން އޮންނާނީ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މަހުގެ 24 ވަނަ ދުވަހު ކުޅޭ އެ މެޗު އެއްވަރުކޮށްލައިގެން ވެސް އީގަލްސް އަށް ސެމީ ފައިނަލްގެ ޖާގައެއް ޔަޤީން ކުރެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު