Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާކުރުން

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

11 އެޕްރީލު 2023 | އަންގާރަ 05:24

އަނބިމީހާ ހެކިބަސް ދީފައިވަނީ ތަހުގީގުގައި ދީފައިވާ ބަޔާނާ ޚިލާފަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އެޕްރީލު 2023 | އަންގާރަ 05:24
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ. 

Advertisement - newsAdvertisement

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 15 ފެބްރުއަރީ 2023 ގައެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އަންގާރަ ދުވަހު އޮތީ މި މައްސަލައިގެ ޙުކުމް ކުރުމެވެ.

އޭނާ އަނބިމީހާއަށް ޙަމަލާ ދީފައިވަނީ އަނބިމީހާ ނިދާފައި އޮއްވައިކަމަށް ދައުލަތުން ބުނެއެވެ.

އޭނާގެ އަނބިމީހާ ބުނެފައިވާ ގޮތުގައި އެ ޙާދިސާ ހިނގިއިރު ދެމީހުން ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައެވެ. އެރޭ އޭނާ ނިދަން އޮތީ ސިޓިންގ ރޫމުގައި ކަމަށާއި، އޭނާއަށް ހޭލެވުނީ ފަތިހުކަމަށް ބުނެފައިވެއެވެ.

އޭނާ ހެކިބަސް ދީފައިވަނީ ތަހުގީގުގައި ދީފައިވާ ބަޔާނާ ޚިލާފަށެވެ. އެގޮތުން ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އޭނާ ނިދަން އޮތީ ސިޓީންގ ރޫމުގައި އޭނާ ތަރުކާރީ ކޮށަން ހުންނަ ތަނާ ދިމާލުގައި ކަމަށެވެ.

އެތަނުގައި އާންމުކޮށް ވަޅި ފަދަ ތަކެތި ހުންނަކަމާއި، އަދި އޭނާގެ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް ބުނެ އޭނާ ވަނީ އޭނާ ތަހުގީގުގައި ބަޔާން ދިން ގޮތާ ޚިލާފަށް ހެކިބަސް ދީފައެވެ. އޭނާ ބުނާ ގޮތުގައި އެގޮތަށް ކުރިން ބުނެފައިވަނީ ފުލުހުން އޭނާ ޑީޕޯޓު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކާތީއެވެ.

އެހެންނަމަވެސް އޭނާ ސީންގައި ހުރެ ފުލުހުން ގާތުގައި ބުނެފައިވަނީ އޭނާއަށް ޙަމަލާދިނީ ފިރިމީހާ ކަމަށެވެ. އެކަން ބަޔާންކޮށް ސީން އޮފް ކްރައިމް އޮފިސަރުން ވަނީ ހެކިބަސް ދީފައެވެ. ނަމަވެސް މި މައްސަލައިގެ ސީންއަށް ދިޔަ ފުލުހުންގެ ހެކިބަހުގައި އަނިޔާވި ފަރާތް ބުނި ބުނުން ކިޔާދީފައިވާ ގޮތް ތަފާތެވެ.

ގާޒީ ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން އޭނާ އަނބިމީހާއަށް ޙަމަލާ ދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްފައި ނުވާ ކަމަށެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ގެއެއްގެ ސިޑިމަތިން ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެންމީހާ ފައިބައިގެންދާ މަންޒަރެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް