Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްވުން މުހިންމު: ޓޭމް

11 އެޕްރީލު 2023 | އަންގާރަ 05:02

މުދައްރިސުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ޤާނޫނީ ހައިސިއްޔަތު ހޯދަން ބިލު މުހިންމު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އެޕްރީލު 2023 | އަންގާރަ 05:02
ޓީޗަރސް ކޮންފަރެންސްގެ ތެރެއިން

ޓީޗަރސް ކޮންފަރެންސްގެ ތެރެއިން

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު އަވަހަށް ނިމުމަކީ މުދައްރިސުންގެ ވަަރަށް ބޮޑު އުންމީދެއް ކަަމަށް ޓީޗަރސް އެސޯސިއޭޝަން (ޓޭމް)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޭމްގެ ރައީސް އަލީ ނާޒިމް ވިދާޅުވީ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ މަޖިލީހަށް ހުށަހަޅުއްވާ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލަކީ ވަރަށް ގިނަ މަސައްކަތްތެރިންގެ އުންމީދާއި ގުޅިފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން އެހެން މަސައްކަތްތެރިންނެކޭ އެއްފަދައިން މުދައްރިސުންވެސް އެދެނީ އެ ބިލުގެ މަސައްކަތް އަވަސްވުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މުދައްރިސުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ޤާނޫނީ ހައިސިއްޔަތު ހޯދަން އެ ބިލާއި އެކު ފަސޭހަވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މުދައްރިސުންނަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ހޯދާދޭން އެ ބިލް ފާސްވުމުން ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޒިމް ވަނީ މިހާރުވެސް މުދައްރިސުންނަށް ލިބެން ޖެހޭ ބައެއް ހައްގުތައް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގެ މަސައްކަތްތައް އިންތިޒާމްވެފައި ހުންނަ ގޮތުން ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުނު ނަމަވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި އެހެން މަސައްކަތްތެރިންނާއި މުދައްރިސުންނާއި ވަރަށް ބޮޑަށް ތަފާތުކުރުންތަކެއް އެބަ ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މުދައްރިސުންގެ މަސައްކަތަށް ގިނަ މީހުން ނުނިކުންނަ ސަބަބަކީ ވެސް މުދައްރިސުންގެ ވަޒީފާ އަކީ ވަރަށް ބުރަބޮޑު ވަޒީފާ އަކަށްވުން ކަމަށް އޭނާ ވިދަޅުވިއެވެ.

މަސައްކަތުގެ މާހައުލުގެ ރައްކަތެރިކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ. މި ބިލުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަ ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ހަމައެހެންމެ މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރިތަނެއްކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި މަސައްކަތުގެ މާހައުލުން ދިމާވެދާނެ ބަލިތައް ކަނޑައަޅައި، އެފަދަ ބަލިތަކާއި އެ ނޫން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސިއްހަތާއި ސަލާމަތާއި ގުޅޭ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެސް މި ބިލުގައި ހިިމަނާފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2018

މިއީ ގައުމީ ސަލާމަތާއި ގުޅިފައިވާ މައްސަލައެއް، ސިފައިން ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް: ބީޖޭޕީ

12 ފެބުރުއަރީ 2018
މިއީ ގައުމީ ސަލާމަތާއި ގުޅިފައިވާ މައްސަލައެއް، ސިފައިން ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް: ބީޖޭޕީ
05 ފެބުރުއަރީ 2018

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާ ކުރުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

05 ފެބުރުއަރީ 2018
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާ ކުރުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
10 އޯގަސްޓު 2017

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި މިއަދު ބައިވެރިވެރިވެވަޑައިގަތީ އެމްޑީޕީގެ ސްލޮޓުގައި: މަހުލޫފު

10 އޯގަސްޓު 2017
 މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި މިއަދު ބައިވެރިވެރިވެވަޑައިގަތީ އެމްޑީޕީގެ ސްލޮޓުގައި: މަހުލޫފު
03 އޯގަސްޓު 2017

ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް

03 އޯގަސްޓު 2017
ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް
12 ޖުލައި 2017

އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!

12 ޖުލައި 2017
އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!
27 މެއި 2017

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

27 މެއި 2017
ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ
07 އެޕްރީލު 2017

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް