Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި މައްސަލައިގެ އިސްތިއުނާފު

ފުއްގިރި މައްސަލަ ސަންއަށް ނާކާމިޔާބު: "ހީއެއްގެ މައްޗަށް ބިނާކޮށް ދައުލަތުގެ ނިޒާމެއްގެ އަސާސީ ސިފަތައް ގެއްލުވައެއް ނުލެވޭނެ"

މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ބަވަތުގެ މައްސަލައެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 08:33
ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅޭގޮތުން ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅޭގޮތުން ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކުންފުނިތަކަށް ނާކާމިޔާބުވެއްޖެއެވެ.

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 2 އޭޕްރީލް 2023 ގައެވެ.

އެގޮތުން ބަލާއިރު، އިސްތިއުނަފީ ނުކުތާތަކުގެ ގޮތުގައި އެ ކުންފުނިތަކުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމެވެ.

ހައިކޯޓުގައި މި މައްސަލައިގެ ބެންޗު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ހޯމަ ދުވަހު އޮތީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ. އެގޮތުން މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭ ބާވަތުގެ މައްސަލައެއްތޯ ބަލާއިރު، ދަށު ކޯޓުން ފަނޑިޔާރަކު އެ ފަނޑިޔާރެއްގެ އިހުތިޔާރު ބޭނުން ކޮށްފައިވާ ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަނުމަކީ މަދު ޙާލަތެއްގައި މެނުވީ ނުކުރާނެ ކަމެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ބަޔާންކޮށްފައިވާކަަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.

އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުގެ އިހުތިޔާރު ބޭނުންކޮށްފައިވާ ގޮތް ގޯސްނަމަ، އެ ޙާލަތު އިސްތިއުނާފުގައި ތަފްސީލުކޮށް ބަޔާންކޮށްދޭންވާނެ ކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތުގެ ނިޒާމުގެ 3 މަރުޙަލާގެ މާނައަކީ ދަށު ކޯޓުން ހުށައެޅޭ ދައުވާއެއް އެ އޮތް ގޮތަށް އަލުން 3 ފަހަރު ބެލުން ނޫން ކަމަށާއި، ފަނޑިޔާރު މައްސަލައެއް ބަލަންވާ ވަރަށް ނުބަލާކަމަށް ތުހުމަތު ކުރެވުމަކީ މައްސަލައެއް އިސްތިއުނާފު ކުރުމަށް އޮތް ހަރުދަނާ ސަބަބެއް ނޫންކަމަށްވެސް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ބަވަތުގެ މައްސަލައެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް މިއީ ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރުމުގެ ކުރިން އިދާރީ ގޮތުން ކަށަވަރު ކޮށްފައި އޮންނަން ޖެހޭނެ ކަމެއްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިޔާރު އިތުރަށް ވިދާޅުވީ، އެކަންކަން އެހެން ހުރި ނަމަވެސް މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާއި ގުޅިގެން އިތުރަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި ފަނޑިޔާރުގެ އިހުތިޔާރު ބޭނުންކޮށްފައިވަނީ ނުރަނގަޅު އުސޫލެއްގެ މައްޗަށްކަން ސުވާލު އުފައްދައި ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ވުމާއެކު އެއީ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއްކަމަށް ދެކިލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ސަން ކުންފުނިތަކުގެ ފަރާތުން ބައެއް ހެކި ރައްކާތެރިކުރުމަށް ދަށު ކޯޓުގައި އެދުނެވެ. ނަމަވެސް އެ ހެކިތައް ދައުލަތަށް ދޫކުރުމަށް ގާޒީ ނިންމަވާފައިވާތީ، ސަން ކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

އިސްތިއުނާފުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ހެކިތައް ހާމަކޮށްފިނަމަ ކުންފުނީގެ މުވައްޒަފުންނަށް ނުރައްކަލާ ކުރިމަތިވެ، މާލީ ގޮތުން ބޮޑު ގެއްލުމެއް ވެދާނެއެވެ.

އޭގެތެރޭގައި، ކުންފުނީގެ އިންޓަރނަލް މެމޯގެ ދަށުން ތަހުގީގު ޓީމުން ތަހުގީގުކުރުމަށްފަހު ކުންފުނީގެ ބައެއް މުވައްޒަފުންނާ ސުވާލު ކުރުމުން ދީފައިވާ ބަޔާންތައް ހިމެނެއެވެ.

އެހެންނަމަވެސް، ކުންފުނީގެ މުވައްޒަފުންނަށް ނުރައްލެއް އޮތްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމެއް ފިޔަވައި އިތުރު ހެކި ޤަރީނާއެއް ނެތްކަމަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވިއެވެ.

ހެކި ދޫކުރުމަށް ކުންފުނިން ދެކޮޅުހަދާ މައިގަނޑު ސަބަބަކީ ދައުލަތަށް އިތުބާރު ނުކުރެވުމާއި، ހެކިންގެ މައުލޫމާތު ލީކުވެ އާންމުވެދާނެކަމަށް ބެލެވުމެވެ. ނަމަވެސް އެ ހުށައެޅުން ބިނާކުރާ ޤާނޫނީ އަސާސެއްވެސް އިސްތިއުނާފުގައި ބުނެދެވިފައިނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުލަތުގެ އިދާރާއަކުން ނުރަނގަޅު ކަމެއް ކުރާނަމަ، އެ އިދާރާއެއް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހުންނާނެކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، މިއީ ދައުލަތުގެ ނިޒާމު ހިނގާނެ އާންމު އުސޫލު ކަމަށާއި، ހީކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ނިޒާމެއްގެ އަސާސީ ސިފަތައް ދޫކޮށްލުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވުމާއެކު، ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނީ އުސޫލަކާ ޚިލާފު ނިންމުމެއްކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވިއެވެ. އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި، މި މައްސަލައިގެ ހުށައެޅިފައިވާ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމަށްވެސް ދެކިނުލައްވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު