Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިގްތިސާދު ކުރިއެރުވުން

އިގްތިސާދުގައި އެންމެ ބޮޑު ހަރަކާތްތަކެއް ހިނގަނީ ކޮމަރސްގެ ދާއިރާއިން ކަމަށް އެސްޑީއެފްސީން ބުނެފި

ޓޫރިޒަމް ދާއިރާ ވެސް ދަނީ ވަރަށް ބޮޑަށް ތަރައްގީވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 އެޕްރީލު 2023 | ހޮނިހިރު 07:07
އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން

އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން

ދިވެހި އިގްތިސާދުގައި އެންމެ ބޮޑު ހަރަކާތްތަކެއް ހިނގަނީ ކޮމަރސްގެ ދާއިރާއިން ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ނާޒިމް ހަބީބް ވިދާޅުވީ އިގްތިސާދު ހިނގަމުންދާ ގޮތް އަންދާޒާ ކުރެވޭ ކަމަށާއި، ހޯދާ ހޯދުންތަކުން އެންމެ ބޮޑެތި ހަރަކާތްތައް ހިނގަނީ ކޮމަރސްގެ ދާއިރާއިން ކަމަށެވެ. އެގޮތުން ކުދި ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ބޯކޮށާ ތަންތަނާއި ސެލޫންތަކާއި، ފަހާތަންތަނަކީ އެންމެ ބޮޑު ހަރަކާތްތައް އިގްތިސާދުގެ ތެރޭގައި ހިންގަމުން ގެންދާ ތަންތަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޓޫރިޒަމްގެ ދާއިރާއަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ ޓޫރިޒަމް ދާއިރާ ވެސް ވަރަށް ބޮޑަށް ތަރައްގީވަމުން އަންނަ ކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓޫރިޒަމް ދާއިރާއިން ކުރިއަށް ދިއުމަށް ލޯނުތައް ދޫކޮށްފައިވާ ކަމަށެވެ. އެއީ ގެސްޓްހައުސްތައް އެޅުމަށާއި، ޑައިވިން ސެންޓަރާއި، އެހެނިހެން ވެސް ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ވިޔަފާރިތައް ހުޅުވުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ވެސް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެސްޑީއެފްސީ އިން ދަނީ އިގްތިސާދާ ގުޅުންހުރި ގިނަ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މައިގަނޑު 6 ލޯނެއް ދޫކުރާ ކަމަށް އެކޯޕޮރޭޝަނުން ބުނެއެވެ.

އެސްޑީއެފްސީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

19 ނޮވެމްބަރު 2025
މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް
16 ނޮވެމްބަރު 2025

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

16 ނޮވެމްބަރު 2025
200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
07 އޮކްޓޯބަރު 2025

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!

07 އޮކްޓޯބަރު 2025
އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!
29 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟

29 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު