Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޑީއެފްސީ

އެސްޑީއެފްސީގެ ޗެއަރމަނަކަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް، އެމްޑީގެ މަގާމަށް ބަދުރުއްދީން

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ ސަރުކާރުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެއް

ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެސްޑީއެފްސީގެ ޗެއާމަންކަމަށް މުހައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރުކަމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:32
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސި ބަދުރުއްދީން ހަސަން އަދި ޗެއާމަންކަމަށް ހަމަޖެއްސި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސި ބަދުރުއްދީން ހަސަން އަދި ޗެއާމަންކަމަށް ހަމަޖެއްސި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ ޗެއަރމަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި އެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން އައްޔަން ކުރެއްވި އިރު މީގެކުރިން އޭނާ ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގަ އެވެ.

އެ ކުންފުނިން ވަނީ އެކަން ހާމަކޮށް އެ ދެ ބޭފުޅުންނަށް މަރުހަބާ ކިޔާފަ އެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ ސަރުކާރުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެ ކުންފުނީގެ ހާލަތު ގޯސްވެ ކަމަށް ސަރުކާރުން ބުނުމަށް ފަހު އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ވިއްކާލާފަ އެވެ.

އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހު އެ ނިންމުން ނިންމީ ޖުލައި 20 ވަނަ ދުވަހު އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ.

އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސް ތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް އެ ބޭންކުން ވަނީ ނިންމަވާފައެވެ.

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އާއި ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމާއި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް އަދި ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.

އެސްޑީއެފްސީބީއެމްއެލްމުހައްމަދު ޝަރީފް ބަދުރުއްދީން ހަސަންކުދި އަދި މެދުފަންތީގެ ވިޔަފާރިއިސްލާމިކް ފައިނޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހާއްސަ ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހާއްސަ ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފި

26 ނޮވެމްބަރު 2025
މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

19 ނޮވެމްބަރު 2025
200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

16 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު