Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މަސްވެރިކަން

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

ދެ މިލިއަން ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭ މިސްކީމުގައި ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ލިބޭއިރު، ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު ލިބޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2025 | އާދީއްތަ 08:55
މަސްދޯނި ބުރު

މަސްދޯނި ބުރު

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)، ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވައްސަށް، 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންސިންގ އަމާޒުކުރެވިފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) އާއި، ސޯލަރ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ލުއި ފަސޭހެ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށެވެ.

މިއީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އައިއެސްޑީބީ އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި އެލްއެލްއެފް އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ފައިނޭންސިންގ ލިބި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެއް ކަމަށް އެސްޑީއެފްސީން ބުންޏެވެ.

ދެ މިލިއަން ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭ މިސްކީމުގައި ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ލިބޭއިރު، ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު ލިބޭއިރު، ފާއިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައި ގައި ކަމަށާއި ރަހުނެއް ބޭނުމެއް ނުވާއިރު، އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭމަށް އެސްޑީއެފްސީން ބުންޏެވެ.

މިސްކީމްގެ ތިންވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުމަށް މިކުންފުނީގެ ވެބްސައިޓްގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފަ އެވެ.

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ހުޅުވާލާފައިވާ މިސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމުން ކަމަށާއި ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމުކުރެވެމުންދާކަމީ ނުހަނު އުފާކުރާ ކަމަކަށްވާއިރު، އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރާ ކަމަށެވެ.

"މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ" ބަދުރުއްދީން ޙަސަން ވިދާޅުވި އެވެ.

އެލްއެލްއެފްއާއި އައިއެސްޑީބީ ގެ އެހީތެރިކަމާއެކު ހިންގޭ މިޕްރޮޖްކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދެވިފައިވެ އެވެ. މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ އެވެ.

މި ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު އަދި ދެވެނަ ފިޔަވައްސަށް 2025 އަހަރު ހުޅުވާލައި، މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ އެޕްރޫވްކޮށް، މިހާރުވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.

މަސްވެރިކަންއެސްޑީއެފްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
 މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

19 ނޮވެމްބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު