Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫގައި އަންހެނަކު މަރާލުން

މަނަދޫގައި އަންހެނަކު މަރާލުން: ގެ ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި

މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުން އެބަދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އެޕްރީލު 2023 | ހޮނިހިރު 06:18
ނ. މަނަދޫ

ނ. މަނަދޫ

ނ. މަނަދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް އަންހެނަކު ފެނުމާ ގުޅިގެން، އޭނާ ދިރިއުޅުމެންދިޔަ ގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަބީހު ވިދާޅުވީ މާލެއިން ދިޔަ ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ވެސް ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ނ. މަނަދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް އަންހެނަކު ފެނުމާ ގުޅިގެން، ހުއްދަ ނުހޯދައި އެ ރަަށަށް އެރުމާއި ފުރުން މިހާރު ވަނީ މަނާކޮށްފައެވެ.

މަނަދޫ ކޮމިއުނިޓީ ވައިބަރ ގްރޫޕަށް އެ ރަށު ކައުންސިލުގެ ރައީސް ސޮބީހު ހިއްސާކުރައްވާފައިވާ މެސެޖެއްގައި، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެފައިވެއެވެ. އެހެންކަމުން މަނަދޫއަށް އެއްވެސް އުޅަނދެއް ދާނަމަ ނުވަތަ އެރަށުން ފުރާނަމަ އެކަން ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް އަންގާފައިވެއެވެ.

ކައުންސިލުން މިފަދަ އެންގުމެއް އަންގާފައިވަނީ، މަނަދޫގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެންނެވެ. ހުއްދަ ހޯދައިގެން ރަށަށް އެރުމާއި ފޭބުމަށް އަންގާފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް ކައުންސިލުން ބުނެފައި ވީނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ މަނަދޫގައި އެކަނި ދިރިއުޅޭ 62 އަހަރުގެ އަންހެއްނެއްގެ ހަބަރެއް ނުވާކަމަށް، އެޕްރިލް މަހުގެ 7 ވަނަ ދުވަހުގެ 18:13 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގެއަށް ވަނީ، އޭނާ ދިރިއުޅުނު ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން އެތަނަށް ވަތްއިރު އެ އަންހެން މީހާ އޮތީ ބިންމަތީގައި ކަމަށާއި، އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެ އަންހެން މީހާގެ ހަށިގަނޑުގައި ޒަހަމްތައް ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނ. މަނަދޫމަނަދޫ ކައުންސިލްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު