Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫގައި މީހަކު މަރުވެފައި އޮއްވައި ފެނުން

މަރުގެ މައްސަލައަކާ ގުޅިގެން، ހުއްދަ ނުހޯދައި މަނަދޫއަށް އެރުމާއި ފުރުން މަނާކޮށްފި

7 އެޕްރީލު 2023 | ހުކުރު 17:48

އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަަމަށް ފުލުހުން ވަނީ ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އެޕްރީލު 2023 | ހުކުރު 17:48
ނ. މަނަދޫ

ނ. މަނަދޫ

ނ. މަނަދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް އަންހެނަކު ފެނުމާ ގުޅިގެން، ހުއްދަ ނުހޯދައި އެ ރަަށަށް އެރުމާއި ފުރުން މަނާކޮށްފިއެވެ.

މަނަދޫ ކޮމިއުނިޓީ ވައިބަރ ގްރޫޕަށް އެ ރަށު ކައުންސިލުގެ ރައީސް ސޮބީހު ހިއްސާކުރައްވާފައިވާ މެސެޖެއްގައި، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެފައިވެއެވެ. އެހެންކަމުން މަނަދޫއަށް އެއްވެސް އުޅަނދެއް ދާނަމަ ނުވަތަ އެރަށުން ފުރާނަމަ އެކަން ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް އަންގާފައިވެއެވެ.

ކައުންސިލުން މިފަދަ އެންގުމެއް އަންގާފައިވަނީ، މަނަދޫގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެންނެވެ. ހުއްދަ ހޯދައިގެން ރަށަށް އެރުމާއި ފޭބުމަށް އަންގާފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް ކައުންސިލުން ބުނެފައި ވީނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ މަނަދޫގައި އެކަނި ދިރިއުޅޭ 62 އަހަރުގެ އަންހެއްނެއްގެ ހަބަރެއް ނުވާކަމަށް، އެޕްރިލް މަހުގެ 7 ވަނަ ދުވަހުގެ 18:13 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގެއަށް ވަނީ، އޭނާ ދިރިއުޅުނު ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން އެތަނަށް ވަތްއިރު އެ އަންހެން މީހާ އޮތީ ބިންމަތީގައި ކަމަށާއި، އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެ އަންހެން މީހާގެ ހަށިގަނޑުގައި ޒަހަމްތައް ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނ. މަނަދޫ

އިތުރަށް ކިޔާލަން

24 ޖޫން 2024

ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު

24 ޖޫން 2024
ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު
13 އޯގަސްޓު 2023

ރައީސް، މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

13 އޯގަސްޓު 2023
ރައީސް، މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
13 އޯގަސްޓު 2023

ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

13 އޯގަސްޓު 2023
ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
13 އޯގަސްޓު 2023

އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު

13 އޯގަސްޓު 2023
އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު
13 އޯގަސްޓު 2023

މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު

13 އޯގަސްޓު 2023
މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު
13 އޯގަސްޓު 2023

ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް

13 އޯގަސްޓު 2023
ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް
12 އޯގަސްޓު 2023

ބައެއް ވާދަވެރިން ޒާތީ ވާހަކަ ދައްކާ، އެމީހުންގެ ވާހަކަ ދެ އިރު ދެ ދަޅައަށް ބަދަލުވޭ: ރައީސް

12 އޯގަސްޓު 2023
ބައެއް ވާދަވެރިން ޒާތީ ވާހަކަ ދައްކާ، އެމީހުންގެ ވާހަކަ ދެ އިރު ދެ ދަޅައަށް ބަދަލުވޭ: ރައީސް
27 މެއި 2023

ނައީމާގެ މަރުގެ ތުހުމަތުކުރާ އެކަކު ހައްޔަރުކޮށްފައި ހުރީ 56 ގްރާމް ޑްރަގާއެކު

27 މެއި 2023
ނައީމާގެ މަރުގެ ތުހުމަތުކުރާ އެކަކު ހައްޔަރުކޮށްފައި ހުރީ 56 ގްރާމް ޑްރަގާއެކު
26 މެއި 2023

ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

26 މެއި 2023
ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި
26 މެއި 2023

ނައީމާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

26 މެއި 2023
ނައީމާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް