Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނީ ބަހުގެ ހިދުމަތް

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށިނަމަވެސް މިނީ ބަހުގެ ހިދުމަތް ހުއްޓައެއް ނުލާނެ: އެމްޓީސީސީ

ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ދުވާލެއްގެ މައްޗަށް 1500 ވަރަކަށް މީހުން ބޭނުން ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 17:10
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށިނަމަވެސް މިނީ ބަހުގެ ހިދުމަތް ހުއްޓާ ނުލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޓްރާންސްޕޯޓް މެނޭޖަރު ޒައިދު އަމްޖަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒައިދު ވިދާޅުވީ ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ދުވާލެއްގެ މައްޗަށް 1500 ވަރަކަށް މީހުން ބޭނުންކުރާ ކަމަށެވެ. އޭގެތެރޭގައި 500 ސްކޫލު ކުދިން ހިމެނޭ ކަމަށާއި ހިދުމަތަށް ރަނގަޅު ތަރުހީބެއް ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަހުގެ ގަޑިތައް ކަނޑައަޅާފައިވާނީ ފެރީގެ ގަޑިތަކާ ގުޅުވާލުމަށްފަހު ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ. ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.

ވިލިމާލޭގައި އެންމެ ރޫޓަކުން ދަތުރުކުރާކަން ފާހަގަކުރައްވާ ޒައިދު ވިދާޅުވީ އެންމެ ގިނަވަގެން 4 ބަސް ބޭނުންކުރާ ކަމަށެވެ. އަދި އެވްރެޖްކޮށް މުޅި ދުވަހަށް ބޭނުންކުރަނީ ދެ ބަސް ނޫނީ ތިން ބަސް ކަމަށެވެ.

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް އެމްޓީސީސީން ފެށީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. އެ ޚިދުމަތް ފަށާފައި ވަނީ ރާާއްޖެ ޓްރާންސްޕޯޓް ލިންކް އާރް.ޓީ.އެލްގެ ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ދުއްވާ ސަރަހައްދަކަށްވާތީ އެމްޓީސީސީން އެތަނުގައި ޚިދުމަތް ދޭން ބޭނުން ކުރަނީ އިލެކްޓްރިކް ބަހެވެ. އެގޮތުން މި ޚިދުމަތް ދޭން ހަ އިލްކެޓްރިކް ބަސް ބޭނުން ކުރާއިރު މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން އަދި އިތުރު ހަތަރު މީހުންނަށް ކޮޅަށް ހުރެ ދަތުރު ކުރެވޭނެއެވެ. މި ބަސްތަކަކީ ވީލްޗެއާއެކުވެސް ފަސޭހަކަމާއެކު އަރައި ފޭބޭގޮތަށް ހުންނަ ބަސްތަކެކެވެ.

ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކޮށްފައި ވާއިރު ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ޚިދުމަތެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިނީ ބަސްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު