Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީނުގެ، އަސްދުއްވާ ކުއްޖެއް

ޔާސްމީންގެ ހުރިހާ ހުވަފެނެއްވެސް ގުޅިފައިވަނީ އަސްދުއްވުމާ!

1 އެޕްރީލު 2023 | ހޮނިހިރު 05:52

ޔާސްމީންގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅަނގުގެ އައްސޭރީގެ އަރީހާގައި އޮންނަ، އަސްދުއްވާ ކުލަބެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 އެޕްރީލު 2023 | ހޮނިހިރު 05:52
ހުވަފެންތަކުގައި ކުލަ ޖައްސައި، ހަގީގަތަކަށް ހެދުމުގެ ބުރަ ދަތުރު ކުރަމުންދާ ޔާސްމީން - މިހާރުވެސް ވަނީ ދޭސީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައި

ހުވަފެންތަކުގައި ކުލަ ޖައްސައި، ހަގީގަތަކަށް ހެދުމުގެ ބުރަ ދަތުރު ކުރަމުންދާ ޔާސްމީން - މިހާރުވެސް ވަނީ ދޭސީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައި

އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް، އުމުރުން އެންމެ 13 އަހަރުގެ ޔާސްމީން ސަރާމީ ދެކެމުން ދަނީ ހަމަ އެންމެ ހުވަފެނެކެވެ. އެއީ އަސްދުއްވުމުގެ ދާއިރާގައި މަޝްހޫރު އަންހެނަކަށްވެ، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމަށް ދެކެމުންދާ، ފޮނި ހުވަފެނެވެ.

ފަލަސްތީނަށް ނިސްބަތްވާ ޔާސްމީންގެ ހިތުގައި، އަސްދުއްވުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަގެ ސަބަބުންނެވެ. ޔާސްމީންގެ ބައްޕައަކީ އަސްދުއްވުމަށް ޚާއްޞަ ކުލަބެއް ކުރިން ހިންގި މީހެކެވެ. ޔާސްމީންގެ ތުއްތު އުމުރުގެ ދުވަސްތައް ހޭދަކުރީ ކުލަބުގައި، އަސްތަކާ ވާހަކަދައްކައިހެދުމުގައެވެ. ބައްޕައަށް އަތްގާތްކޮށްދޭން އުޅުނު އުޅުމުގެ ތެރޭގައި، ޔާސްމީންގެ ހިތުގައިވެސް އަސްތަކަށް ޚާއްޞަ މަގާމެއް ދެވި، އަސްދުއްވަން ގަސްދުކުރިއެވެ.

ފުރާވަރު އުމުރުގެ ދުވަސްތައް ގުނަންފަށާފައިވާ ޔާސްމީން، އަސްދުއްވުމުގެ ތަމްރީނުތަކުގައި ކޮންމެ ހަފުތާއަކު 5 ދުވަސް ހޭދަކުރެއެވެ. މިދިޔަ 2 އަހަރު ދުވަސްވެސް ދިޔައީ އެގޮތަށެވެ. ޔާސްމީންގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅަނގުގެ އައްސޭރީގެ އަރީހާގައި އޮންނަ އަސްދުއްވާ ކުލަބެއްގައެވެ. އެތަނަކީ، ފަލަސްތީނަށް ވެރިވެފައިވާ އާންމު ނުތަނަވަސްކަމުން މިންޖު ހޯދައިދޭ ތަނެކެވެ.

ކިތަންމެ ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކެއް ގިރާކުރަން ޖެހިފައި އޮތެއްކަމަކު، ޔާސްމީންއަކީ ބައިނަލްއަގުވާމީ ފެންވަރުގައި، ފުރިހަމަ ކާމިޔާބީތަކެއް ހޯދާނެ އަސްދުއްވުންތެރިއެއްކަމާމެދު، އޭނާގެ ކޯޗު، އަލީ ޖަމާލީ ކުޑަކޮށްވެސް ޝައްކެއްނުކުރެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އަސްދުއްވުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، އެކަމުގެ މަގުބޫލުކަން އިތުރުވަމުން އަންނަކަން ޖަމާލީ ފާހަގަކުރިއެވެ. އެހެންކަމުން، ގިނަ އަސްތަކާއި، ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ރަނގަޅު ފެންވަރުގެ ތަންތަން އިތުރުވަމުން އަންނަކަމަށް ޖަމާލީ ބުންޏެވެ.

ހުވަފެންތަކުގައި ކުލަ ޖައްސައި، ހަގީގަތަކަށް ހެދުމުގެ ބުރަ ދަތުރު ކުރަމުންދާ ޔާސްމީން މިހާރުވެސް ވަނީ ދޭސީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައެވެ. މާޗް މަހު އޮތް މުބާރާތެއްގައިވެސް އޭނާ ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުން އޭނާ 1 ވަނަ ހޯދީ 2 އައްޑަނައަކާވެސް އެކުގައެވެ. ބަލާ ބެލުމަށް މިއީ ކުޑަ ކާމިޔާބީއެއް ނަމަވެސް، މިއީ ފޮނި ހުވަފެންތަކަކުން ގެންގޮސްދޭ އުޖާލާ މުސްތަގުބަލަކާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމާމެދު ދެބަސްވާކަށް ނެތީމެވެ. 

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖުލައި 2022

ތަލަވުމާއި ނުވުން ގުޅިފައިވަނީ ހަމަ އެންމެ ކަމަކާ!

27 ޖުލައި 2022
ތަލަވުމާއި ނުވުން ގުޅިފައިވަނީ ހަމަ އެންމެ ކަމަކާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް