Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯއިން ކުނި ނެގުން

ކަރަންޓު މީޓަރުގައި ލިފްޓު ނުވަތަ މެއިންޓަނަންސް މީޓަރު ވާނަމަ އެންގުމަށް އެދިއްޖެ

28 މާރިޗު 2023 | އަންގާރަ 17:34

ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން " ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމު" ފުރިހަމަކޮށް ހުށަހެޅުމަށް އެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 މާރިޗު 2023 | އަންގާރަ 17:34
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ގޭބިސީގެ ކަރަންޓު މީޓަރުތަކުގެ ތެރޭގައި ލިފްޓު ނުވަތަ މެއިންޓަނަންސް މީޓަރެއް ވާނަމަ އެކަން އެންގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ން އެދިއްޖެއެވެ.

އެކަމާއި ގުޅިގެން ވެމްކޯއިން ބުނީ ވެމްކޯއިން ޚިދުމަތް ދެމުންދާ ގޭބެސީތަކާއި ކޮމާރޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް އަދި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ނަގާ ފީ 1 އޭޕްރީލުން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރުތަކުގެ ބިލުގައި ހިމަނައިގެން ނެގުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އެހެންކަމުން އާންމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކްލޫޝަން ފޯމު" ހުށަހެޅުމަށް އެދޭކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން " ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމު" ފުރިހަމަކޮށް ހުށަހެޅުމަށް އެދޭކަމަށް ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެގޮތަށް ވަކިކުރަން ބޭނުންވަނީ އެއީ ކޮންކަމަކަށް ބޭނުންކުރާ މީޓަރުތަކެއްކަން އެނގިގެންދިޔުމަށްކަމަށެވެ. އޭރުން އިތުރު ފީއެއް ނުނެގި ފީ ނަގަންޖެހޭ މީޓަރު އެނގިގެންދާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މީގެއިތުރުން ވެމްކޯއިން ބުނީ މިވަގުތު ވެމްކޯގެ ޚިދުމަތް ހޯދާ އެކިއެކި މުވައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮށްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ފުރިހަމަ ކުރުމަށްފަހު 6 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެމްކޯއަށް ހުށަހެޅުމަށް އެދޭކަމަށެވެ. އަދި މި މުއްދަތުގައި މި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް ވެމްކޯއިން ބުނެއެވެ.

މިފޯމުތައް ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ޖޫން 2017

އީދު ވާނީ ޖޫން 25 ތަ؟ ނުވަތަ 26 ތަ؟

20 ޖޫން 2017
އީދު ވާނީ ޖޫން 25 ތަ؟ ނުވަތަ 26 ތަ؟
11 ޖޫން 2017

ފިޔޯރީއަށް ކަރަންޓު ދީފި

11 ޖޫން 2017
ފިޔޯރީއަށް ކަރަންޓު ދީފި
28 މެއި 2017

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

28 މެއި 2017
ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް