Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއްދަތު ހަމަވެފައިވާ ލައިސަންސް

މުއްދަތު ހަމަވެފައިވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

9 މާރިޗު 2023 | ބުރާސްފަތި 11:02

މިނިސްޓްރީން މިހާރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަނީ ޑިޖިޓަލްކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 މާރިޗު 2023 | ބުރާސްފަތި 11:02
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

މުއްދަތު ހަމަވެފައިވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެކަމަކު މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރި ސަބަބެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަނީ ޑިޖިޓަލްކޮށެވެ.

އޮންލައިންކޮށް ލައިސަންސަށް އެދުމުގެ ކަންތައްތައް ދަނީ ރަނގަޅަށްކަމަށާއި، އެކަމަށް އާންމުންގެ ތަރުހީބު ބޮޑުކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށިގެން އައިއިރު ގޮންޖެހުންތަކާ ކުރިމަތިވިނަމަވެސް މިހާރު ޕްރޮސެސް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

މިއީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގެނެވޭ ފުރަތަމަ ޚިދުމަތްކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި އޮންލައިންކޮށް އެއްގަމާއި ކަނޑުގެ ލައިސަންސަށްވެސް އެދެވޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ މަގުސަދަކީ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން ކަމަށްވެސް ބުނެފައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް، އެ ޚިދުމަތް މިނިސްޓްރީން ތައާރަފުކޮށްފައިވާއިރު، މި ބަދަލާއެކު މިހާރު އީފާސް ޕޯޓަލް އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް ބަލާލެވޭނެއެވެ. މީގެ އިތުރުން ލައިސަންސް ކާޑު ޕޭޖުން ފެންނާނެ ކަމަށާއި، ކާޑާއެކު އަރާ ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ލައިސަންސްގެ ހުރިހާ ތަފްސީލެއް ލިބެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ފިޒިކަލް ލައިސަންސް ކާޑު ނެތަސް ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ"ން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް