Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޖިޓަލް އައިޑީ

ގާނޫނަށް ބަދަލު ނާންނަ ހިނދެއްގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުމެއްނުކުރެވޭނެ: އީސީ

5 މާރިޗު 2023 | އާދީއްތަ 17:44

ގާނޫނުގައި ޑިޖިޓަލް އައިޑީ ބޭނުންކުރާ ވާހަކައެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2023 | އާދީއްތަ 17:44
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އިސްމާއީލް ހަބީބް

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އިސްމާއީލް ހަބީބް

ގާނޫނަށް ބަދަލު ނާންނަ ހިނދެއްގައި، އެއްވެސް އިންތިޚާބެއްގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން ހަބީބު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ބަލާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ. ވޯޓްލާއިރު ގެންނަ ޖެހެނީ ކޮން އެއްޗެއްކަން ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވާކަމަށާއި އެގޮތުން މުއްދަތު ހަމަނުވާ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސު ކާޑު އަދި ޕާސްޕޯޓް ކާޑު ގެންނަން އޮންނަކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގާނޫނުގައި ޑިޖިޓަލް އައިޑީ ބޭނުންކުރާ ވާހަކަ ނެތްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ވޯޓްލާ މީހުން ވޯޓްލާ މަރުކަޒަށް ފޯނު ވެއްދުން ގާނޫނުން މަނާކުރާކަމަށެވެ. އެހެންކަމުން ޑިޖިޓަލް އައިޑީ ތައާރަފުކުރިނަމަވެސް، މިހާރު ގާނޫނު އޮތްގޮތުން އެކަން އިލެކްޝަންސް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށްވެސް ސިއްރު ވޯޓެއް ލުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި, އެއީ ގާނޫނުން ލިބިދޭ ހައްގެއްކަމަށް ބުނެ، އެ ފުރުސަތު ހޯދައިދޭން ބްލައިންޑް އެސޯސިއޭޝަނުން ވަނީ އެދިފައެވެ. ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް ހުސައިން ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވައި ބުދަ ދުވަހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކުވެސް، ސިއްރު ވޯޓެއް ލުމުގެ ހައްގުން އެ ފަރާތްތައް މަހުރޫމްކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ހަބީބް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ޓެމްޕްލެޓް ހުންނަނީ ވޯޓް ކަރުދާސް ލެވޭގޮތަށް ހަދާފައި ކަމަށާއި، އޭރުން އެމީހަކު ފާހަގަ ޖަހަން ބޭނުންވާ އަސްލު ތަނުގައި ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށްވެސް އެކަނި ގޮސް ވޯޓްލެވޭނެ ގޮތް ހަމަޖެއްސުމަށް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. މިކަމަށް ގާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ، އިންތިޚާބާބެހޭ ގާނޫނަށް ބަލާއިރު، ހަމައެކަނި ފާހަގަކޮށްފައި އޮންނަނީ ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމުގައި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުސަތު ދޭ ވާހަކަ އެކަނި ކަމަށާއި، އެފަދަ މީހުން އެހީތެރިންނާއެކު ވޯޓްލުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ގާނޫނުތަކަށް އަންނަ އިސްލާހުތަކާއެކު އެފަރާތްތައް ބޭނުންވާ ގޮތަށް ވޯޓްލުމުގެ ހައްގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.  

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް